މަސައްކަތް
ނަންބަރު: (IUL)13-K/13/2018/192
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 03 ފެބުރުވަރީ 2019 14:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް) ފޮރ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް- ފޭސް 1

 ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް) ފޮރ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް- ފޭސް 1

1. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓްސް (ފާރމް)- ފޭސް 1ގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެ                                                                            

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިވަރެންސް (ޓީ.އޯ.އާރް)  އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.

3. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭ.ޑީ.ބީ އިން ތައްޔާރުކުރެވިފައިވާ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވާރސް 2017 އާއި އެއްގޮތަށް ކުއަލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

4. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

5. ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް، އޭޑީބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސް ރެކްރޫޓްމަންޓް ނޯޓިސް (ސީ.އެސް.އާރ.އެން) ވެބްސައިޓް (http://csrn.adb.org) ނުވަތަ މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް 3 ފެބުރުވަރީ 2019ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ.

އަހުމަދު މުޖުތަބާ

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349101 ،3349106

އީމެއިލް އެޑްރެސް: [email protected] 

[email protected]

26 ޑިސެންބަރު 2018