ދިވެހިރާއްޖެ
ކެޕިޓަލް މާރކެޓް ރިވިއު ގެ 3 ވަނަ ޢަދަދު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއޮތޯރިޓީން ކުރި ނަންބަރު: (IUL)179-10/1/2018/23 އިއުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް ބިޑް ޕްރޮޕޯސަލް ލިބިފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ޗާޕްކުރަން ބޭނުންވާ ފޮތުގެ ޢަދަދު:200
ފޮތުގައިވާ ގަނޑުގެ ޢަދަދު 49 (ކަވަރ ޕޭޖާއެކު)
ބޭރުގަނޑު ހުންނަންވީ ގޮތް (230 GSM ގްލޮސް ކަރުދާހުގައި)
އެތެރޭގެ ގަނޑުތައް (130 GSM މެޓް ކަރުދާހުގައި – މަލްޓި ކަލަރ)
ބައިންޑް ކުރުން : ތެރަސް ބައިންޑް ކޮށްފައި
ހުށަހަޅާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
އަގު % 60
ތަޖުރިބާ % 25
މުއްދަތު % 15
ވީމާ، ކެޕިޓަލް މާރކެޓް ރިވިއުގެ 3 ވަނަ ޢަދަދު ޗާޕުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއޮތޯރިޓީ (ހ. އޯކިޑް 3 ވަނަ ފަންގިފިލާ / އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3014110/ 3336619 ނަންބަރު ފޯނާއެވެ.
19 ރަބީޢުލްއާޚިރު 1440
26 ޑިސެންބަރު 2018