ކުއްޔަށް ދިނުން
ނަންބަރު: (IUL)403/M/403/2018/96
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 13 ޖަނަވަރީ 2019 10:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫގައި އައިސްޕްލާންޓެއް އެޅުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމާއި ގުޅޭ

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ  / ދިވެހިރާއްޖެ ލ.        

              

                                               ނަންބަރ: (IUL)403-M/403/2018/96

އިޢުލާނު

ލ.މާމެންދޫގައި އައިސްޕްލާންޓެއް އެޅުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމާއި ގުޅޭ:      

             ލ.މާމެންދޫގައި އައިސްޕްލާންޓެއް އެޅުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކައުންސިލްގެ ނަންބަރު:(IUL)403-M/403/2018/82 (12 ނޮވެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ފުރުސަތު ހުޅުވާލަމެވެ. ބަނދަރު ސަރަހައްދުގެ ވިޔަފާރި ބިންތަކުގެ ޕްލޭންގައިވާ ބިންތަކުގެ ތެރެއިން 10,000 އަކަފޫޓަށްވުރެ ބޮޑުނޫން ބިމެއް އައިސްޕްލާންޓެއް އެޅުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުގެ 2018 ވަނައަހަރުގެ 76 ވަނަ އާންމުޖަލްސާއިން ނިންމާފައިވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

              ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

           * މަޢުލޫމާތު ސާފުކުރުން: 06 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި

           * އެސްޓިމޭޓް ހުށަހެޅުން: 13 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި

             މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

             މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

           19 ރަބީޢުލްއާޚިރު 1440

           26 ޑިސެމްބަރ 2018

 

                                                ޢަބުދުލް މުޙުސިން މުޙައްމަދު

                            ކައުންސިލްގެ ރައީސް

26 ޑިސެންބަރު 2018