ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/466
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 10 ޖަނަވަރީ 2019 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު (Tenancy Act) ޑްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު (Tenancy Act) ޑްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖަނަވަރީ 02 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖެނުއަރީ 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

25 ޑިސެންބަރު 2018