މަސައްކަތް
ނަންބަރު: (IUL)260/260/2018/55
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 30 ޑިސެންބަރު 2018 10:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަ ކުދިންގެ ޕާކު އެޅުމާއި ބެހޭ

ކުޑަކުދިންގެ ޕާކު އެޅުމާއި ބެހޭ

             މިއިދާރާގެ ނަންބަރު (IUL)260/260/2018/54 ( 24 ޑިސެމްބަރ 2018 ) ގައި ކޮށްފައިވާ ޢިއުލާނުގެ މަޢުލޫމާތު ބަދަލުވުމާއިގުޅިގެން ބާތިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

           ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ތަރައްޤީގެ މަޝްރޫއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން މިރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

         ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުޑަކުދިންގެ ޕާކް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6520039 ފޯނާ ގުޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ( 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރި ( 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. 

25 ޑިސެންބަރު 2018