ދިވެހިރާއްޖެ
ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު:(IUL)374-C/374/2018/131 (02 ޑިސެންބަރު 2018 ) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިއުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
(މިތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ކަނޑަށް ބޭރުކުރަންޖެހޭ ތަކެއްޗެވެ.)
1 . ތެލުގެ ޚަރަދު ދީގެން، ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދޭނެ އުޅަނދެއް ހަމަޖައްސައިދިނުން ނުވަތަ
2. ކޮންޓްރެކްޓް އުޞޫލުން ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުން .
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 09 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި އެފަރާތަކުން މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކެއް ބަލައެއް ނުގަނެވޭނެއެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރުކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާއަށް ހުށަހަޅަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ރަބީޢުލްއާޚިރު 1440
25 ޑިސެންބަރު 2018