މުބާރާތް
ނަންބަރު: (IUL)160-A/1/2018/90
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 10 ޖަނަވަރީ 2019 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކުވައިތު ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

ކުވައިތު ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

 

2018 ވަނަ އަހަރު އެޕްރީލް 09 ން 17 އަށް ބާއްވާ ކުވައިތު އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ 10 ވަނަ މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތުގެ ބައިތަކުގެ ތެރެއިން ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމްކަމެއް ކަމުގައިވާތީ މިގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރި ނުވެއްޖެނަމަ ރާއްޖެއިން މި މުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

ބައިވެރިވުމުގެ ޝަރުޠު:

 

މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި: (އަސާސީ ބައި)

1-      ކީރިތި ޤުރްއާން ހިތުދަސް ފިރިހެނަކު ކަމުގައިވުން.

2-      ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.

3-      ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

 

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލް ކުރުމުގެ ގޮފި: (ދިގުރާގަށް ކިޔެވުން)

1-      ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ މީހެއް ކަމުގައިވުން.

2-      ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

 

 

 

މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާނީ މި މަރުކަޒުން ބައިވެރިން އިމްތިޙާން  ކުުރުމަށްފަހުގައެވެ.

25 ޑިސެންބަރު 2018