މުބާރާތް
ނަންބަރު: (IUL)160-A/1/2018/89
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި:
31 ޖަނަވަރީ 2019 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު
ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު
1440 ވަނަ އަހަރު ރަމަޟާންމަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
ބައިވެރިވުމުގެ ޝަރުޠު
- ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން.
- 5 މެއި 2019 އަށް 25 އަހަރު ފުރިފައިނުވުން.
- މި މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
25 ޑިސެންބަރު 2018