ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/138
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 27 ޑިސެންބަރު 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގައި ހިންގާ ޤުރުއާން ކުލާސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

އިޢުލާން

މިސްކިތުގައި ހިންގާ ޤުރުއާން ކުލާސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުން ފެށުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކައުންސިލްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާސްތަކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މިކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

  1.  އަކުރު ދަސްކޮށްދޭ ކުލާސް
  • ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު : 20
  • ކުލާހުގެ ވަގުތު : 50 މިނިޓް
  • ދަރިވަރުންގެ ޢުމުރު ފުރާ: ފެށޭ ޢުމުރު: 2 އަހަރު ބައި
  • ކުލާސް އޮންނަ ގަޑި:- ހެނދުނު ދަންފަޅި: 09:00 ން 10:00 ށް # ހަވީރު ދަންފަޅި: 16:30 ން 17:30 ށް
  • ކުލާސް އޮންނަ ދުވަސްތައް : އާދިއްތަ – އަންގާރަ

ނޯޓް: މި ކުލާހަށް ހޮވާނީ ބަލައިގެން އަކުރު ކިޔަން އެނގޭ ތުއްތު ކުދިންނެވެ.

2. ޙިފްޡު ކުލާސް

  • ކުލާހެއްގައިތިބޭ ދަރިވަރުންގެ އަދަދު : 20
  • ކުލާހުގެ ވަގުތު : 50 މިނިޓް
  • ދަރިވަރުންގެ ޢުމުރު ފުރާ: ނެތް (ބަލައިގެން ކިޔަން އެނގުން)
  • ކުލާސް އޮންނަ ގަޑި:- ހެނދުނު ދަންފަޅި: 09:00 ން 10:00 ށް #ހަވީރު ދަންފަޅި: 16:30 ން 17:30 ށް
  • ކުލާސް އޮންނަ ދުވަސްތައް : ހޯމަ – ބުދަ

ނޯޓް: މި ކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.

3. ޚަތިމް ކުލާސް

  • ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު : 20
  • ކުލާހުގެ ވަގުތު : 50 މިނިޓް
  • ދަރިވަރުންގެ ޢުމުރު ފުރާ: ނެތް (ބަލައިގެން ކިޔަން އެނގުން)
  • ކުލާސް އޮންނަ ގަޑި:- ހެނދުނު ދަންފަޅި: 09:00 ން 10:00 ށް #ހަވީރު ދަންފަޅި: 16:30 ން 17:30 ށް
  • ކުލާސް އޮންނަ ދުވަސްތައް : ބުރާސްފަތި – ހޮނިހިރު

ނޯޓް: މިކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.

ވީމާ، މިކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދޭ ފޯމް ފުރުމަށްފަހު 27 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ރަބީޢުލްއާޚިރް 1440

24 ޑިސެންބަރު 2018