ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2018/32
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 17 ޖަނަވަރީ 2019 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

a

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

                                          ނަންބަރު:   IUL)25-A5/25/2018/32)

ވަޒީފާގެ ފުރުޞަތު 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް.

 

މާޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:4465.00  ރ.

ސަރވިސް އެލަވަންސް: 1500.00 ރ.       

ސަޕޯޓް ކޯ : 700.00 ރ

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-118376

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެމެރިކާސް، އޮސްޓްރޭލިއާ އެންޑް އޯޝޭނިއާ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-         ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އެހެނިހެން އިއްޒަތްތެރިން އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހަމަޖެއްސުން

2-         އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކަށް ސަފީރުން ޢައްޔަންކުރުމާއި އެޤައުމުތަކުގެ ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

3-         ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޔޫރަޕްގެ ޤައުމުތަކުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮއިންޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރު ކުރުން.

4-         ރާއްޖެއާއި އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކުން ކޯޕަރޭޝަން އެގްރީމަންޓްތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން  ކުރުން

5-         ދިވެހިން ދަތުރުކުރާ އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކުގެ ވީސާ ހޯދުމުގައި މިހާރަށްވުރެ ލުއިފަސޭހަގޮތްތަކެއް ހޯދުމަށް ކުރެވިދާން މަސައްކަތްތައް ފާހަގަކޮށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން

6-         ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި ރާއްޖެއިން ތާޢީދު ކުރާ އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކަށް އެކަން އެންގުމާއި ރާއްޖެއިން ކުރިމަތިލާ ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި އެޤައުމުތަކުގެ ތާޢީދު ހޯދުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

7-         އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކުގެ އެހީދޭ ފަރާތްތަކުން ރާއްޖެއަށް ދޭ ތަމްރީން ފުރުސަތުތަކަށް ހަމަޖެހިފައިވާ އުސޫލުން ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުން.   މި ގޮތުން ރާއްޖެއަށް ލިބޭ ކުރު އަދި ދިގު މުއްދަތުގެ ތަމްރީން ގެ ފުރުސަތުތައް، ހަމަޖެހިފައިވާ އުސޫލް ގެ މަތިން ކަމާބެހޭ އޮފީސްތަކަށް އަވަސްގޮތެއްގައި ފޮނުވައި، ޑެޑްލައިން ހަމަވުމުގެ ކުރިން ފޮލޯއަޕް ހެދުމާއި އެހެނިހެން މަސައްކަތްތައް ކުރުން.

8-         ޑިޕާޓްމަންޓް ގެ މަސައްކަތަށާއި ސަރުކާރުގެ އެކި އެކި ބޭނުމަށް ތައްޔާރު ކުރަންޖެހޭ ބޭރުގެ އެހީއާއި ގުޅޭ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން 

9-          އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކުން ލިބޭ ޓްރެއިންގ ތަކުގެ ސީޓްއެއް އެކުލަވާލާ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލަހައްޓާތޯ ޗެކްކުރުން.

10-     ޑިވިޜަންގެ އިސްވެރިންގެ ލަފާގެދަށުން ޑިވިޜަނާގުޅޭ ބައްދަލުވުންތައް އިންތިޒާމްކޮށް އަދި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން

11-     ކޮންމެ ހަފްތާއެއްގެ ޕެންޑިންގް މައްސަލަތައް ބަލައި މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

12-     ޑިވިޜަންގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހެން ޑިވިޜަންތަކާއެކު މަސައްކަތް ކުރުން

13-     ބައިލެޓްރަލް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް

14-     މިނިސްޓްރީގެ އިސްވެރިން ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތަކާއި ޒިންމާތައް އަދާކުރުން

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

-      ތަޢުލީމާއި ތަމްރީން 40%

-      އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

-    މަސައްކަތުގެ ތަޖުރިބާ  10%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/http://foreign.gov.mv/images/iulaan/CS_Job_Application_Form_V1.0.pdfވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  27 ޖެނުއަރީ2018 އާއި 7 ފެބްރުއަރީ  2018 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

45%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

               

 

‏20‏ ޑިސެމްބަރ‏ 2018

‏12‏-ރަބީޢުލްއާޚިރު‏-1440

 

 

24 ޑިސެންބަރު 2018