ދިވެހިރާއްޖެ
މަޤާމް :ހެލްތު އެންޑް ޕީއީ ޓީޗަރ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||||
އިޢުލާން
މަޤާމް: ރިލީފް ޓީޗަރ (ޕީ.އީ) ބޭނުންވާ ޢަދަދު: 01 މަޤާމުގެ ގިންތި: ކޮންޓްރެކްޓު (03 މަސް) ސެކްޝަން: އެކަޑަމިކް މަޤާމް އޮތް އޮފީސް: ދަރަނބޫދޫ ސްކޫލް ވަޒީފާ އަދާކުރަންޖެހޭ ތަން: ދަރަނބޫދޫ ސްކޫލް / ފ.ދަރަނބޫދޫ
އެހެނިހެން ޢިނާޔަތްތައް އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު: ކީސްޓޭޖްތަކުގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދިނުމާއި، ޕްރެކްޓިކަލް ސެޝަންތައް ނަގައިދިނުން. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިމްތިޙާނުތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން. ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. މުޖުތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2018 ގައި ޝާއިއުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށެވެ. މިގޮތުން މިވަޒީފާތަކަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި ވަޒީފާއަށް އެދޭ ފޯމު ދަރަނބޫދޫ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ދަރަނބޫދޫ ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 03 ޖަނަވަރީ 2019 އާއި 06 ޖަނަވަރީ 2019 އާދެމެދު، ދަރަނބޫދޫ ސްކޫލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށާއި ޕްރެކްޓިކަލްތަކަށް ހާޒިރުވުމަށް ތައްޔާރުވެގެންތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952911 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |