މަސައްކަތް
ނަންބަރު: (IUL)GS-90/PRIV/2018/26
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި:
03 ޖަނަވަރީ 2019 13:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލަށް އަލަށް އިތުރުކުރި ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެންބަރު 23 އިން 2018 ޑިސެންބަރު 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިބީލަންތަކާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެންބަރު 26 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެންބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގައި ނޮޅިވަރަމު ސްކޫލްގެ ކޮންޕިޔުޓަރު ލެބްގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނޮޅިވަރަމު ސްކޫލްގެ ކޮންޕިޔުޓަރު ލެބްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަމު ސްކޫލް
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520555
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
23 ޑިސެންބަރު 2018