ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 14:22
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގެ ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލް ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 6:00 ން 8:15 އަށް، މެންދުރު 12:00 އިން 2:00 އަށް އަދި ހަވީރު 5:15 އިން 7:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ހެވީ ވެހިކަލްތައް ދުއްވުން މަނާކުރުން

އިޢުލާން

މާލޭގެ ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލް ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 6:00 ން 8:15 އަށް، މެންދުރު 12:00 އިން 2:00 އަށް އަދި ހަވީރު 5:15 އިން 7:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ހެވީ ވެހިކަލްތައް ދުއްވުމަކީ މަނާ ކަމެކެވެ. މިގޮތުން އިސްވެދެންނެވި އުޅަނދުތައް ދުއްވުން މަނާ ސަރަހައްދުތައް ތިރީގައި މިވަނީއެވެ.

އިސްކަންދަރު، ޢަރަބިއްޔާ، އަމީނިއްޔާ ސްކޫލް

1- މެދުޒިޔާރަތްމަގާއި ޗާންދަނީމަގާ ގުޅޭ ހިސާބުން ޗާންދަނީމަގުން އުތުރުން ދެކުނަށް،

2- ފަރީދީމަގުން ފަރީދީ ގޯޅިއަށް އަދި ސައްޔިދުކިލެގެފާނުމަގުން ދިދި ގޯޅިއަށް.

3- ސައްޔިދުކިލެގެފާނުމަގާއި ކެނެރީމަގާ ގުޅޭ ހިސާބުން ކެނެރީމަގުން ހުޅަނގުން އިރަށް.

4- ރަށްދެބައިމަގުން ސީރާޒީގޯޅިއަށް.

ޖަމާލުއްދީން ސްކޫލް

1- ބޮޑުރަސްގެފާނުމަގު، ސަބްދެރިޔާމަގާ ގުޅޭ ހިސާބުން ބޮޑުރަސްގެފާނުމަގުން ހުޅަނގަށް.

2- ނިކަގަސްމަގުން މަދޮށި ގޯޅިއަށް

 3- ދަނބުރުއްމަގު، ކުރިކީލަމަގާ ގުޅޭ ހިސާބުން ދަބުރުއްމަގުން އުތުރުން ދެކުނަށް.

ތާޖުއްދީން ސްކޫލް

1- ބޮޑުތަކުރުފާނުމަގުން ތާޖުއްދީންހިނގުމަށް

2- ޝަހީދު ޢަލީ ހިނގުމާއި ހިސާބުން ބުލޫކިޔާމަަގުން އިރުން ހުޅަނގަށް.

ހިރިޔާ ސްކޫލް

1- ކަނބާއައިސާރަނިހިނގުމުން، ސަބްދެލިމަގާ ގުޅޭ ހިސާބުން ކަނބާއައިސާރަނިހިނގުމުން ދެކުނަށް.

ޤިޔާސުއްދީން ސްކޫލް

1- އަމީނީމަގު، ވައިދެރިޔާހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގަށް

2- އަމީނީމަގު، ބަޑިފަސްގަނޑުހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން އިރަށް.

3- މާފަތްތަކުރުފާނުމަގު، ކުރެދިގޯޅިއާ ގުޅޭ ހިސާބުން މާފަތްތަކުރުފާނުމަގުން އުތުރަށް.

ގަލޮޅު މަދަރުސާ

1- ރުއްކެނޑިޔާމަގު، ލޮނުޒިޔާރަތްމަގާ ގުޅޭ ހިސާބުން ރުއްކެނޑިޔާމަގުން އުތުރުން ދެކުނަށް.

ބިލަބޮން އިންޓަރނޭޝަނަލް ސްކޫލް

1- އަމީނީމަގުން ރަށްދެބައިހިނގުމަށް

2- ރައްދެބައި ހިނގުމުން އަމީނީމަގަށް އިރުން ހުޅަގަށް.

3- އަމީނީމަގު، ނިކަގަސްހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން ހުޅަގުން އިރަށް

4- އަމީނީމަގު، ސިއްތިމާވާހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

ކަލާފާނު ސްކޫލް

1- ބުރުޒުމަގުން ކަލާފާނުހިނގުމަށް

2- ބުރުޒުމަގު، އިރުދޭމާހިނގުމާ ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަގަށް.

3- އަމީނީމަގު، ކަށިމާހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.

4- އަމީނީމަގު، މޫނިމާހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

އިމާދުއްދީން ސްކޫލް

1-  އަމީނީމަގުން ރެހެންދިހިނގުމަށް.

2- ރެހެނދިހިނގުމުން ތަބުރާޒީ ހިނގުމަށް ހުޅަނގުން އިރަށް

3- އަމީނީމަގުން މިއުޒިކީހިނގުމަށް އުތުރުން ދެކުނަށް.

4- އަމީނީމަގު، ރެހެނދިހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް

5- އަމީނީމަގު، މިއުޒިކީހިނގުމާ ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

އަޙްމަދިއްޔާ ސްކޫލް

1- ބުރުޒުމަގު، ރައްދެބައިހިނގުމާ ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް

2- އަމީނީމަގުން އައިމިނާރަނިހިނގުމަށް.

ދަރުމަވަންތަ ސްކޫލް

1- އަމީރުއަޙްމަދުމަގު، ނާދީގޯޅިއާ ގުޅޭ ހިސާބުން އަމީރުއަޙްމަދުމަގުން ހުޅަނގުން އިރަށް.

 މަޖީދިޔާ ސްކޫލް

1- ސޯސަންމަގުން މެދުޒިޔާރަތްމަގަށް

2- އަބަދަށް ފެހިމަގު، ގުލޭނޫރަންމަގާ ގުޅޭ ހިސާބުން އަބަދަށް ފެހިމަގުން ދެކުނުން އުތުރަށް.

މާފަންނު މަދަރުސާ

1- މަޖީދީމަގު، ކަނބާ އައިސާރަނިހިނގުމާ ގުޅޭ ހިސާބުން މަޖީދީމަގުން އިރުން ހުޅަނގަށް

2- ބޮޑުތަކުރުފާނުމަގުން މަޖީދީމަގަށް ހުޅަނގުން އިރަށް.

އަމީރު އަޙްމަދު ސްކޫލް / އަމީރު އަޙްމަދު ޕްރީ ސުކޫލް

1- ބުރުޒުމަގު، އިރުދޭމާހިނގުމާ ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް.

2- ލޮނުޒިޔާރަތްމަގު، ކަލާފާނުހިނގުމާ ގުޅޭ ހިސާބުން ލޮނުޒިޔާރަތްމަގުން ހުޅަނގުން އިރަށް.

ދޮންދޫނި ލިޓްލްލާރނަސް ޕްރީސްކޫލް

1- ފާށަނާކިލެގެފާނުމަގު، ރަތްވިލާގޯޅިއާ ގުޅޭ ހިސާބުން ފާށަނާކިލެގެފާނުމަގުން އުތުރުން ދެކުނަށް.

މި އިޢުލާނުގައި ބުނެފައިވާ ގަޑިތަކުގައި މާލޭގެ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި މަތީގައި ދެންނެވިފައި އެވާ އުޅަނދުތައް ދުއްވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ނަންބަރު 5/2009 ޤާނޫނު ގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ރަބީޢުލްއައްވަލް 1435

12 ޖަނަވަރީ 2014