ދިވެހިރާއްޖެ
މިސްކޫލުގެ ނަންބަރު: GS69/BUDGET/2018/006 (13 ޑިސެމްބަރ 2018) ގައި ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ލެބޯރަޓަރީއަށް ޑެސްކާއި ގޮނޑި އަމިއްލަ ތަކެތީގައި ހޯދައިދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2- މިކަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖެނުއަރީ 03 ވާ ބުފާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިލަންދޫ ސްކޫލުގައެވެ.
3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.
4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
5- ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 06 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިލަންދޫ ސްކޫލުގައެވެ.
6- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަންދޫ ސްކޫލު
ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ
ފޯން : 9994795
17 ރަބީޢުލްއާހިރް 1440
24 ޑިސެމްބަރ 2018
އަޒްމީލް މުހައްމަދު
ޕްރިންސިޕަލް