މަސައްކަތް
ނަންބަރު: (IUL)GS45/2018/041
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 31 ޑިސެންބަރު 2018 10:20
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

މިސްކޫލުން ކެންޓީނުގެ ހިދުމަތް ދެވޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ IUL)GS45/2018/031) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ. 

މި ސްކޫލުގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެންބަރު 2018 ވަނަ ދުވަހުގެ ހެނދުނު 10:20 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2018 ވަނަ ދުވަހުގެ ހެނދުނު 10:20 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

16 ރަބީއުލްއާހިރު 1440

23 ޑިސެންބަރު 2018