ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)BAH-AHR/BAH/2018/32
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 03 ޖަނަވަރީ 2019 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ )

މަޤާމު

އ. ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J-255166

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކަމަދޫ ޞިއްޙީމަރުކަޒު / ބ. ކަމަދޫ 

މުސާރަ

-/5020ރ ( ފަސްހާސް ވިހި ރުފިޔާ )

ސަރވިސް އެލަވަންސް

-/2500ރ ( ދެހާސް ފަސްސަތޭކަ ރުފިޔާ )

ސަޕޯޓިންގ ކޯ އެލަވަންސް

-/700 (ހަތްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

-  ރިސްކް އެލަވަންސް ( ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން )

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް 

1- މިނިސްޓްރީ އޮފް ހެލްތާއި އަދި ހޮސްޕިޓަލުގެ ސްޓެރެޓެޖިކް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެޕްލޭނާއި އެއްގޮތަށް ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒުތަކާއި ހެލްތް ފޯސްޓްތަކުގެ ހެލްތް ޕްރޮމޯޝަން ރާވާ ހިނގާ ނުހިގާގޮތް ބެލުމާއި ކަމާބެހޭ ފިޔަވަޅު އެޅުމެވެ.

2- އަތޮޅުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޞިއްޙީމައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވެ ހިނގާ ނުހިނގާގޮތް ބަލާ އިވެލުއޭޓްކޮށް ފީޑްބެކް ދިނުން. އަދި ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރުން.

3- ކޮމިއުނިކަލް އަދި ނޮން ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް އަތޮޅުގެ ރަށްރަށުގައި ގަވާއިދުން ހިންގުމާއި ރިޕޯޓް ފޮނުވުން

4- ޗައިލްޑް އެންޑްނިއުޓްރިޝަން ޕްރޮގްރާމްގެ މަސައްކަތް ކުރުމާއި ޑިޕާޓްމަންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ގަވާއިދުން ރިޕޯޓް ފޮނުވުން

5-  ސްކޫލް ހެލްތް ޕްރޮގްރާމް ރަށުގައި ގަވާއިދުން ހިންގާ ރިޕޯޓް ފޮނުވުން

6- ހިދުމަތް ދިނުމަށް ދަތިނުވާނޭހެން ތެެލެސީމިއާ ކުދިންނަށް ބޭނުންވާ ތަކެއްޗާ ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިރުޝާދާއި އެއްގޮތަށް އަމަލުކޮށް ވީ އެންމެ ފުޅާދާއިރާއެއްގައި އެމަސައްކަތުގައި އެހީތެރިވެ ރިކޯޑްތައް ބެލެހެއްޓުން

7- ރީޕްރޮޑަކްޓިވް ހެލްތް ޕްރޮގްރާމްގެ ޙިދުމަތް ދިނުމުގައި، ލުއިފަސޭހަ ކަމާއެކު ހިދުމަތް ލިބިގަނެވޭނެ ފަދަގޮތަކަށް ރާވާ ހިންގުމާއި އެކު ސްޓޮކް ބެލެހެއްޓުން.

8- ސިއްޙި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ބެހޭގޮތުން އަތޮޅުގައި ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިޕޯޓް ފޮނުވުން.

9- ރަށުތެރޭގެ ޞިއްޙީހާލަތު ދެނެގަތުމަށް ވިޒިޓްތައް ޕްލޭންކޮށް ހޮސްޕިޮޓަލް ހުންނަ ރަށުގައި އަދި އެހެނިހެން ރަށްރަށުގައި ރަށުތެރޭގެ ވިޒިޓް ޕްރޮގްރާމްތައް އެކުލަވާލާ ކުރިއަށް ގެންދިއުން

10- އަތޮޅުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯބެލުމާއި، ސަރަހައްދު ހިމެނޭ ރަށެއްގައި ރޯގާއެއް ފެށިއްޖެނަމަ އެކަން ހިނގާ ނުހިނގާގޮތް ވިލަރެސް ކުރުމާއި އެމައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގާ މަޝްވަރާހޯދާ ފިޔަވަޅުއެޅުން.

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖެގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 4 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން

ގުޅޭވަޒީފާގެ ދާއިރާތައް

ހެލްތް ސަވިސަސް

ތައުލީމީ ރޮގުތައް

ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތް ކެއަރ، ޕަބްލިކް ހެލްތު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުންނާއި،  ބ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަނުންނާއި، ބ.ތުޅާދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 3-  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 4-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާނަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 ޖަނަވަރީ 2019 ގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6608362 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،08 ޖަނަވަރީ 2019 އާއި 10 ޖަނަވަރީ 2019 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ، 6608362 އެވެ.އީ-މެއިލް އެޑްރެހަކީ  [email protected]އަށެވެ.

23 ޑިސެންބަރު 2018