މަސައްކަތް
ނަންބަރު: (IUL)GS-90/PRIV/2018/24
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 30 ޑިސެންބަރު 2018 10:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2019 ވަނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 13 ޑިސެމްބަރ 2018 ގައި ކުރެވުނު ނަންބަރު (IUL)GS-90/PRIV/2018/22 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2018 ޑިސެމްބަރު 25 ވާ އަންގާރަ ދުވަހުގެ 10:00

2018 ޑިސެމްބަރު 30 ވާ އާދީއްތަ ދުވަހުގެ 10:00

.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލްގެ 6520555 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

20 ޑިސެންބަރު 2018