ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)GS-151/NCP-22/2018/38
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި:
24 ޑިސެންބަރު 2018 11:00
އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްތަކުގެދަރިވަރުންނަށްހެނދުނުގެނާސްތާދޭންފެށުމުގެޕައިލެޓްޕްރޮގްރާމް
- މި ސްކޫލްގެ ހެދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެންބަރު 21 އިން 2018 ޑިސެންބަރު24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެންބަރު 24 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2018 ޑިސެންބަރު 25 ވާ އަންގާރަ ދުވަހުގެ 11:00 ގައިމިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެންބަރު 31ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އއ.މާޅޮހު ސުކޫލު
އއ.މާޅޮސް
ފޯން:6660844
އީ-މެއިލް: [email protected]
14ރަބީޢުލްއާޚިރު 1440
21 ޑިސެންބަރު 2018
21 ޑިސެންބަރު 2018