ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)69-EXBR/1/2014/2
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:14
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން
ދިވެހިރާއްޖެ
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރެއްގެ ގޮތުގައި 3305808 މިނަންބަރު ހަމަޖެއްސުން

މިމިނިސްޓްރީއަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމުގެ ކަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މި މިނިސްޓްރީގެ ކަންކަމުގައި މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރެއްގެ ގޮތުގައި 3305808 މިނަންބަރު ހަމަޖައްސައިފީމެވެ.

ދެންނެވި ނަންބަރުން ޖަވާބު ނުދެއްވައިފިނަމަ ރަސްމީގަޑީގައި އިމަރޖެންސީ ހޮޓްލައިނެއްގެ ގޮތުގައި ހަމަޖައްސާފައިވާ މޮބައިލް ނަންބަރަކީ 7788215 ކަމުގައިވެސް ދެންނެވީމެވެ.

މީގެ އިތުރުން މިނިސްޓްރީއާ ގުޅޭ މަޢުލޫމާތު www.motc.gov.mv އިންވެސް ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ރަބީޢުލްއައްވަލް 1435

09 ޖަނަވަރީ 2014