ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-190/2018/121
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 31 ޑިސެންބަރު 2018 14:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

 ރިލީފް ޓީޗަރ

ބޭނުންވާ އަދަދު

 13

ކުލެސިފިކޭޝަން

 އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ރޭންކް

 ޖީ.އެސް 1

   

މުއްދަތު

 3 މަސް

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން

 ދަނބިދޫ ސްކޫލް / އެކަޑެމިކް  

  ލިބިލައްވާނެ މުސާރާއި އެލަވަންސް:

ތަފްޞީލް

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން ކަމަށްވާނަމަ

-/4500 ރ. (މަހަކު)

-/1500 ރ. (މަހަކު)

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުންކަމަށްވާނަމަ

-/5500 ރ. (މަހަކު)

-/1500 ރ. (މަހަކު)

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން ކަމަށްވާނަމަ

-/6090 ރ. (މަހަކު)

-/2500 ރ. (މަހަކު)

އެހެނިހެން އިނާޔަތް :

އިތުރުގަޑީގެ ފައިސާ: ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ޝަރުޠު:

  1. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން ނުވަތަ
  2. 2.  ޖީސީއީ އޭލެވެލް ނިންމާފައިވުން  ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޘާނަވީ ތަޢުލީމް ފުރިހަމަކޮށް އިސްލާމް ،ދިވެހިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން  ނުވަތަ  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުން ދިޔުމާއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
  6. މި ވަޒީފާއަށް މީހުން ހޮވުމުގައި ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޙުލާސާ:

  1.  ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވައިލުން.
  2.  ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދެއްވުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހައްދަވައިގެން ކުލާސްހުގައި ކިޔަވައިދިނުން.
  3.  ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެންނެގަތުމަށްޓަކައި ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  4. ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  5. ސްކޫލުގެ ދަރިވަރުންނަށް ދެވޭ ފިލާވަޅުތަކަކީ ދަރިވަރުންގެ ބޭނުންތައް ދަނެހުރެ، ދުރާލާ ރަނގަޅަށްތައްޔާރުވެގެން، ދަރިވަރުންގެ ބައިވެރިވުން ބޮޑަށް ހިމަނައިގެން، ޓެކްނޮލޮޖީއާއި ރައްޓެހިކޮށް، ދަރިވަރުން ޝައުޤުވެރިވާގޮތަށް، ހުރިހާ ދަރިވަރުން ސާމިލުކޮށްގެން (އިންކުލޫސިވް) ދެވޭ ފިލާވަޅުތަކަކަށް ހެދުމާއި، އެކަންކަމުގެ ތެރެއިން ދަރިވަރުންގެ ހިތުގައި ދުނިޔެއުމުރު ކިޔެވުމު ރޫޙު (ލައިފްލޯންގް ލާނިންގ) އަށަގަނެފައިވާ ސުލޫކީ (ސެލްފް ރެގިއުލޭޓެޑް) ދަރިވަރުންނަށް މި ސުކޫލުގެ ދަރިވަރުން ހެދުމާއި، އެކަމުގެ އާޚިރު ނަތީޖާއެއްގެގޮތުން އުފެދޭ ދަރިވަރުންނަކީ އެ ދަރިވަރުންގެ އަމިއްލަ ނަފުސަށް، ޢާއިލާއަށް ރަށަށް އަދި ދިވެހި ޤައުމަށް ބޭނުންހިފޭ، އިސްނަގާ، ހަރުދަނާ މުވާތިނުންނަށް ހެދުމަށާއި ދިވެހި އިސްލާމީ މުޖުތަމަޢު ބަލައިގަންނަ، ތިމާވެއްޓާ ރައްޓެހި، ހީވާގި، އުފެއްދުންތެރި، އަދަބު އަޚްލާޤް ރަނގަޅު ޤައުމީ ރައުސްމާލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

 

  1. މި ސުކޫލަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުވައްޒަފުންނަށް ރައްކާތެރި މާހައުލަކަށް ހެދުމާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، މަސައްކަތު އަޚުލާޤު ހަރުދަނާކުރުމާއި، އުނގެނުމާއި އުނގަންނައިދިނުމުގައި ސާމިލުވާ ހުރިހާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރުމާއި، ސުކޫލުގެ މަސްލަހަތު ހިފެހެއްޓުން.
  2. މި ސުކޫލުގެ ފަރާތުން އިންތިޒާމުކުރާގޮތެއްގެ މަތިން ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަށް ހިންގަންޖެހޭ އެންމެހާ ހަރަކާތްތައް ރާވާ ހިންގުން.
  3. މި ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންގެ ސިކުނޑި ތަނަވަސްކުރުމަށާއި، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ރޫޙީ ތަރައްޤީއަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ލިބިފައިވާ ތަޢުލީމާއި ތަމްރީން ، މަސައްކަތުގެ ތަޖުރިބާ ، ހުނަރު .

ހުށައަޅަންޖެހޭ ތަކެތި :

- ސިވިލްސަރވިސްގެ ވަޒީފާ އަށް އެދި ހުށައަޅާފޯމް ( މި ސްކޫލުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓުންވެސް www.csc.gov.mv  ޑައުންލޯޑްކުރެއްވޭނެއެވެ. )

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް .

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ .

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ .

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ސީ.ވީ ) ސީ.ވީގެ ނަމޫނާ މިސްކޫލުން ލިބެން ހުންނާނެއެވެ.

* މަތީގައި ދެންނެވިފައިވާ ލިޔުންތަކުގައި ސަރުކާރުގެ އިދާރާއަކުން އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެއެވެ.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 03 ޖެނުއަރީ 2019 އާއި 07 ޖެނުއަރީ 2019 އާ ދެމެދު ލ.ދަނބިދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން: 6800740 ފެކްސް : 9680080   ޢީމެއިލް : [email protected]

       

20 ޑިސެމްބަރ 2018

20 ޑިސެންބަރު 2018