ދިވެހިރާއްޖެ
ނަމްބަރ:IUL)372-A1/372/2018/25)
އިޢުލާން
ފ.މަގޫދޫގައި ހުންނަ ބިކޯކާ އައުޓްޕޯސްޓްގެ އޮފީސްބައިގެ އިރުއުތުރު ފަރާތުގެ އެލްމެނިއަމް ދޮރާ ދޮރުފަތް ހަރުކުރުމާ ގުޅޭ
ފ. މަގޫދޫގައި ހުންނަ ބިކޯކާ އައުޓްޕޯސްޓްގެ އޮފީސް ޢިމާރާތުގެ އިރުއުތުރު ފަރާތު ލަކުނޑި ސެޓްދޮރުތައް ނައްޓައި އެލްމެނިއަން ސެޓްދޮރު ހަދާ ހަރުކޮށްދެވޭނެ އަންދާސީ ހިސާބެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރ 26 ވާ ބުދަ ދުވަހުގެ 13:30 މި ޢިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޖެނުވަރީ 02 ވަނަދުވަހު 13:30 އަށް މިޢިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފާރާތްތަކަށެވެ. މަޢުލޫމާތު ކަރުދާސް 2018 ޑިސެންބަރ 23 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މިޢިދާރާއިން ލިބެންހުންނާނެއެވެ. އަގަކީ -/50 ރުފިޔާއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
13 ރަބީޢުލްއާޚިރު 1440
20 ޑިސެންބަރ 2018