ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސިންގަލް ސްޓޭޖް ވަން އެންވެލޯޕް
( ގްރާންޓް ނަންބަރ : D175-MV)
1.މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ގއ.މަޓުގައި މަލްޓި ސްޕީޝީޒް ހެޗަރީ އެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
2.މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެދިލެއްވުމުގެ މަތިން ގއ.މަޓުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ IUL)13-K/13/2018/177) އިއުލާނުގައިވާ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށް، މިމަސައްކަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ ނެރު ފުންކުރުމާއި، އަރާ ފޭބުމަށް ޖެޓީއެއް ހެދުމާއި، އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ އިތުރުން އިމާރާތްތ ކުރަންޖެހޭ ސްޓާފް އެކޮމޮޑޭޝަން، މިސްކިތް ، ސްޓާފް ބަދިގެ އާއި މެސް ، ސްޓާފް ރިކްރިއޭޝަން ، އޮފީސް އަދި ޕަވަރ ހައުސް ގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 10 މަސް ދުވަހެވެ.
3.މި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް" ޖުލައި 2016 ގެ ރިވައިޒް ނޮވެންބަރު 2017 ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.
4.މިބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ނޮވެންބަރު 2018 އިން 26 ޑިސެންބަރު 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް މި މިނިސްޓްރީންނެވެ. މި މަސައްކަތްތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
5.މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/290,000 ރުފިޔާ ނުވަތަ 19,000.00 ޔޫ.އެސް ޑޯލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
6.މިބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ޑިސެންބަރު 27ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
7.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ނޭޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 9603349106+/ 9603349115+
އީމެއިލް: [email protected]
ކޮޕީ: [email protected]
20 ޑިސެންބަރު 2018