މުބާރާތް
ނަންބަރު: (IUL)251-MS/251/2018/109
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 24 ޑިސެންބަރު 2018 13:30
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމާ ގުޅޭ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދިއްދޫ ކައުންސިލާ ގުޅިގެން ދިއްދޫގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް 26 ޑިސެމްބަރ 2018 ގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެއްދުވަހުގެ މޫދު ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގެ ބޭނުމަކި ދިއްދޫގައި ދިރިއުޅޭ ވީހާވެސް ގިނަފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ މި ހަރަކާތަކީ ކާމިޔާބު ހަރަކާތެއްކަމަށް ވެގެންދިއުމެވެ. މި ހަރަކާތުގައި ބައިވެރި ވުމަށް އެދޭ ފޯމް މި ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު 24 ޑިސެމްބަރު 2018 ވާ ހޯމަ ދުވަހުގެ 13:30 ކުރިން މި އިދާރާއަށް ހުށަހެޅުންވުން އެދެމެވެ.

މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 ޑިސެންބަރު 2018