ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)256/2018/53
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 03 ޖަނަވަރީ 2019 14:00
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް އިދާރާ

   މުރައިދޫ ،ދިވެހިރާއްޖެ

                                                      ނަންބަރު:256/2018/53(IUL)

އިޢުލާން

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

J-222165

މަޤާމް ނަމްބަރ:

01 (އެކެއް)

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް 3

މަޤާމްގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

7035.00

މުސާރަ:

2000.00

ސަރވިސްއެލަވަންސް:

1969.80 ރުފިޔާ (އަސާސީ މުސާރައިގެ %28) (ޓެކްނިކަލް ކޯ އެލަވަންސް ނުލިބޭފަރާތްތަކަށް ސަޕޯޓީން ކޯ އެލަވަންސް 900.00 ރުފިޔާ ލިބިލައްވާނެއެވެ.)

ޓެކްނިކަލް ކޯ އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

އެހެނިހެން އެލަވަންސް:

1. ބަޖެޓް އެކުލަވާލުމާއި، ވޯރކްޕްލޭން އެކުލަވާލައި، އެސް.އޯ.ޕީތައް އެކުލަވާލުމުގެ މަސައްކަތް ވެރިންގެ ލަފާގެ މަތިން ކުރުން

2. އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ބެހޭ އެންމެހާ ކަންތައްތައް ކުރުން

3. އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން

4. މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙު ކުރުމާއި ފިޔަވަޅު އެޅުން. ނުވަތަ ފިޔަވަޅު އަޅަން އެންގުން.

5. އިދާރާގައި ބޭނުންކުރާ ސޮފްޓްވެއަރތަކުގެ ލައިސަންސް ބެލެއްޓުމާއިއަދިލައިސަންސް         އާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުުރުން   

 6. މާލިއްޔަތު ޤާނޫނު ހިންގުމަށްޓަކައި ކައުންސިލަށް ބޭނުންވާ އެއްބާރުލުން ދިނުން.

7. އިދާރީ އޮނިގަނޑުގައި ހިމެނޭ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ގަވާއިދުން މޮނިޓަރ ކުރުމާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އިޞްލާޙުކުރުން.

8. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން        ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުން.

 9. ގަވާއިދުން މުވައްޒަފުންނާ ބައްދަލުކޮށް އޮފީހުގެ މަސައްކަތްތައް ހަރުދަނާކަމާއި ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން.

10. އިދާރާގެ ޑާޓާބޭސްތައް ހެދުމާއި މެއިންޓެއިން ކުރުމުގެ މަސައްކަތް ހިނގާ ނުހިގާގޮތް ބެލުމާއި، އިދާރާގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދުމުގެ މަސައްކަތް

11. މުވައްޒަފުން ސަލާމް ބުނުމާއި، ޗުއްޓީ ދިނުމުގައި ބަލަންޖެހޭ އެންމެހާ ކަންތައްބެލުން

12. މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ވަޒީފާއާއި ގުޅޭ ތަފާތު ތަމްރީނު ޕްރޮގުރާމްތައް އިންތިޒާމް ކުރުމާއި ބައިވެރި ކުރުވުން

13. އޮފީހުގެ އިންޓަރނަލް ޕްރޮސިޖަރތަކާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ     ޤަވާއިދުތައް އެކުލަވާލުން.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.                                            

ނުވަތަ،

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފަ އިވުން.

މަގާމުގެ ޝަރުތުތައް:

 

.1 ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ    ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން      ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ   (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ)ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ    ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި     ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ޙާސިލް ކޮށްފައިވާ ތައުލީމަށް ބަލައިގެން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން

-  ޤާބިލްކަން ކަށަވަރު ކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް

-  މަސައްކަތުގެ ދާއިރާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

މިމަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 03 ޖެނުއަރީ 2019 ގެ 14:00 ގެކުރިން ހއ.މުރައިދޫ ކައުންސިލް އިދާރާއަށެވެ.  ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mvވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ  އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއާއަށް އެދޭފޯމް ބަލައި ގަނެވޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ އިންޓަރވިއު 06 ޖެނުއަރީ 2019 އާއި 14 ޖެނުއަރީ 2019 އާ ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފޯނުން ގުޅައި އެންގޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500032 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500032 އެވެ.

އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

13 ރަބީޢުލްއާޚިރު 1440

20 ޑިސެމްބަރ 2018

 

20 ޑިސެންބަރު 2018