ވަޒީފާގެ ފުރުޞަތު
ނަންބަރު: GS170/2018/15
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 31 ޑިސެންބަރު 2018 13:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ހޯދުން

މަޤާމް :ޕްރައިމަރީ، ސެން ރިލީފް ޓީޗަރުން
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުސަތު

 

ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ އަދަދު: 02

މަޤާމް: ރިލީފް ޓީޗަރ (ސެން)

ބޭނުންވާ އަދަދު: 01

މަސައްކަތް ހަމަޖެހިފައިވާ ތަން: ދަރަނބޫދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެކަޑެމިކް

ވަޒީފާގެ ގިންތި: ކޮންޓްރެކްޓް 03 މަސް 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕްރައިމަރީ ގްރޭޑްގެ ކުލާސްތަކަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2. ކިޔަވައިދިނުމަށް ބޭނުންވާ ސްކީމް ތައްޔާރުކުރުމާއި، އިމްތިޙާނުތައް ތައްޔާރުކުރުމާއި، ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

3. ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުން.

4. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

5. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

     

 

މަޤާމުގެ އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސާވިސް އެލަވަންސް

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00

1500.00

މަތީ ސާނަވީ ތައްލީމު ފުރިހަމަކުރުން ކަމަށްވަނަމަ

5500.00

1500.00

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކުރުން ކަމަށްވާނަމަ

6090.00

2500.00

 

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއު ކޮށްގެން.

4. މީގެ އިތުރުން، ކޮމްޕިއުޓަރަށް / އައި.ސީ.ޓީ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖަނަވަރީ 02 ން 06 އާ ދެމެދު، ދަރަނބޫދޫ ސްކޫލުގައެވެ.

2. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ދަރަނބޫދޫ ސްކޫލުންް ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން  މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބައްލަވައި، ތައްގަނޑު ޖައްސަވާފައިވާ ލިޔުމުގެ ކޮޕީ) 

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ދަރަނބޫދޫ ސްކޫލްގެ އޮފީހަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދަރަނބޫދޫ ސްކޫލުގެ 7952911 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

20 ޑިސެންބަރު 2018