މަސައްކަތް
ނަންބަރު: ADMHR-MPL/2018/201
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 26 ޑިސެންބަރު 2018 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކ.ހިންމަފުއްޓަށް ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާއި ބެހޭ

ކ.ހިންމަފުއްޓަށް ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާއި ބެހޭ

ކ.އަތޮޅު ހިންމަފުއްޓަށް ޕޯސްޓްގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް އެދި ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގ ގެ 3 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ، އީމޭލްކުރައްވާނީ [email protected] އަދި [email protected] އަށެވެ. 

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

ޕޯސްޓަލް އޭޖެންޓުގެ މަސައްކަތުގެ ދާއިރާ

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަން ހުންނަ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައި ހުންނަ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ސްޓޭމްޕް ވިއްކުން

އެޖެންޓްކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްވުން.

-          އޭޖެންޓް ކަމަށް ކުރިމަތި ލައްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުން.

-          ޕޯސްޓް ޚިދުމަތް ދޭން ޤަސްދުކުރާ ތަނާ (އިމާރާތް) ބެހޭ މަޢުލޫމާތު.

-          ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން. (އޭޖެންޓް ކަމަށް ހޮވޭ ފަރާތުން ފަހުން ހުށަހަޅާ ގޮތަށް) 

  • ރަށުގައި ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް، ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ،ކައުންސިލް އިދާރާ ފަދަ ތަންތަނަށް އިސްކަން ދެވޭނެއެވެ.                   

އުޖޫރަ.

މަހަކު -/ 600 (ހަސަތޭކަ ރުފިޔާ)        

މޭލް ބެހުމުގެ އެލަވަންސް (ބަހަން ހުންނަ މޭލްގެ ނިސްބަތުން)   

ހުށަހަޅަންޖޭހޭ ލިޔުންތައް   

  1. ސަރުކާރު/ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.

ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި މަސްއޫލު ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ

20 ޑިސެންބަރު 2018