ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2018/13
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 27 ޑިސެންބަރު 2018 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

 

                     `                

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

          ދިއްދޫ

        ދިވެހިރާއްޖެ

 

                                                ނަންބަރ: (IUL)225-AHRI/225/2018/13

               

                              އިޢުލާން

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ

J-300976

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ  ހއ. ދިއްދޫ

މުސާރަ

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 - ސަޕޯޓިންގ ކޯ އެލަވަންސް2: މަހަކު 700.00 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަލަށް އައި.ޑީ ކާރޑް ހައްދާ މީހުންނާއި، މުއްދަތު ހަމަވެގެންނާއި ގެއްލިގެން އައި.ޑީކާރޑް ހެއްދުމަށް އަންނަ މީހުންނަށް ކާރޑު ހައްދައި ދިނުމަށްޓަކައި އެޕްލިކޭޝަން ފޯމްތައް ވެރިފައިކޮށް، ކާރޑް ހެއްދުމަށްޓަކައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ފޮނުވުމާއި، އައި.ޑީކާޑުތައް އިދާރާއަށް ލިބުމުން އަތޮޅުގެ ރަށްރަށަށް ފޮނުވައި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި އެކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  2. އަތޮޅު ކައުންސިލަށް ޒިޔާރަތް ކުރައްވާ ޓީމުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  3. އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން އިންތިޒާމުކުރާ ވޯކްޝޮޕް އަދި ސެމިނަރ ފަދަ ކަންތައް ތަކުގެ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
  4. ގޯއްޗަށް އެދޭ މީހުންގެ މަޢުލޫމާތު އަތޮޅާއި މުޅި ރާޢްޖޭގެ ހުރިހާ އަތޮޅު ތަކުން މަޢުލޫމާތު ހޯއްދެވުމަށް ފަހު އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ އިދާރާތަކަށް ފޯރުކޮށްދިނުން.
  5. ކައުންސިލް ބިއުރޯގެ މުވައްޒަފު ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި، ކައުންސިލްގެ އެންމެހައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  6. އެންޓްރީން މެސެޖުތައް ނަގައި، އެމެސެޖު އެޓޭޗް ކުރަންޖެހޭ މައްސަލައާއި އެޓޭޗް ކުރުމާއި ، ޖަވާބު ދާރީވެ ނިމުމުން އެ މައްސަލަ ފައިލް ކުރުން.
  7. އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި ފްރަންޓް އޮފީހުންނާއި ބެކްއޮފީހުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެހީތެރިވެދިނުން.
  8. ޕާސްޕޯޓް ހެއްދުމަށް އަތޮޅު ކައުންސިލަށް އަންނަ ފަރާތްތަކުގެ އެޕްލިކޭޝަން ޕްރޮސެސިންގެ އެންމެހައި މަސައްކަތް ކުރުން.
  9. ރަހުނު ރަޖިސްޓްރީ ކުރުމާއި ރަހުނު ކެންސަލް ކުރުމާއި ރަހުނު ދަފުތަރު ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

 ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް  ވަޒީފާއަށް އެދޭފޯމް (މިފޯމް) ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި (www.csc.gov.mv) މިއިދާރާގެ  ވެބް ސައިޓް (www.halifatoll.gov.mv)  ންނާއި  އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

         (ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7.ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

        (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-         ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލް ކަމާއި ސިފަތަކަށް ބަލައިގެން (އިންޓަވިއުކޮށްގެން)

ކަނޑައެޅިފައިވާ ޤަވާޢިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވާ ސުންގަޑި:

 މި މަޤާމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޑިސެންބަރ  2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުން މަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އިން އަދި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ފެކްސް ނަންބަރ: 6500063 މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ކުރުން އޮންނާނީ 07 ޖަނަވަރީ 2019އިން 09 ޖަނަވަރީ 2019 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވާނީ  [email protected]    އެޑްރެހަށެވެ.

 

 

12 ރަބީޢުލްއާޚިރު   1440

19 ޑިސެންބަރ    2018

 

 

        

 

 

 

 

 

 

19 ޑިސެންބަރު 2018