ޢާންމު މަޢުލޫމާތު
ނަންބަރު: GS22/2018/056
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 31 ޑިސެންބަރު 2018 11:00
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން 

 އަންދާސީ ހިސާބު ބޭނުންވެއްޖެ

 މިމަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދަންނަވާފައިވާ މަސައްކަތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. އާ ލެބޯޓްރީ އިމާރާތުގެ ނަލަފިލައި ބަދަލު ކުރުން
  2. ހޯލް އިމާރާތުގެ ދެފަރާތު ބޭރު ސީލީންގ ރަނގަޅުކުރުން
  3. ހަލާކުވެފައިވާ ޑެސްކް މަރާމަތުކުރުން
  4. ކުލައާއި ދަވާދުލުން (ބައެއް އިމާރާތްތަކުގައި)

                ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތް ތަކުން 27 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒުގެ އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ 18/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރ 19/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަރުކަޒުގެ ނަމްބަރ 6620010 އަށް ގުޅުއްވުމަށް އެދެމެވެ.

19 ޑިސެންބަރު 2018