ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2018/102
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:19
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރާންސްމިޓިންގ ސްޓޭޝަންގެ ލައިސަންސަށް އަހަރީފީ ދެއްކުމާއި ބެހޭ

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                                                                        

 ހއ. އިހަވަންދޫ                           

  ދިވެހިރާއްޖެ                                   ނަމްބަރު:IUL-248-CAA/248/2018/102

 

އިޢުލާނު

                  ޓްރާންސްމިޓިންގ ސްޓޭޝަންގެ ލައިސަންސުގެ އަހަރީފީ ބަލައިގަނެ އެލައިސަންސުގައި -/100 ( އެއްސަތޭކަ ) ރުފިޔާގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ހުއްދަ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން މި އިދާރާއަށް ވަނީ ދެއްވާފައެވެ.

                  އެ ޚިދުމަތް މި އިދާރާއިން ދިނުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު ފަހު 12:30 އަށެވެ. އެއީ ފައިސާއާއި ގުޅުންހުރި ކަމަކަށް އެކަން ވާތީއެވެ.

                  ވީމާ، ޓްރާންސްމިޓިންގ ސްޓޭޝަންގެ  ލައިސަންސުގެ  އަހަރީފީ  ބަލައިގަނެ  އެލައިސަންސުގައި    -/100 ( އެއްސަތޭކަ ) ރުފިޔާގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޚިދުމަތް މި އިދާރާއިން ހޯދުމަށް އެދޭ ފަރާތްތަކުން، އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި، މި އިދާރާއަށް ހުށަހެޅުމުން އެ ޚިދުމަތް ލިބޭނެ ކަމުގައި ދެންނެވީމެވެ

                   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2018