ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-PS/88/2018/54
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 19:43
ސުންގަޑި: 20 ޑިސެންބަރު 2018 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް

29 ޑިސެންބަރު 2018 ގައި މިމިނިސްޓްރީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ގެސްޓް ހައުސް ސިމްޕޯސިއަމް" އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިމިނިސްޓްރީއިން އިންތިޒާމްކޮށްގެން 29 ޑިސެންބަރު 2018 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ސިމްޕޯސިއަމްގެ ސެޓްއަޕް ހަދާ، ކޭޓާ ކުރުމާއި ޙަފްލާގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ރާވާދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)88-PS/88/2018/53) އިއުލާނަށް ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ބިޑްތަކުގެ މަޢުލޫމާތު ހަމަނުވާތީ މަތީގައި ބަޔާންކޮށްފައިވާ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

 11 ރަބީޢުލްއާޚިރް 1440

18 ޑިސެންބަރު 2018