ޢާންމު މަޢުލޫމާތު
ނަންބަރު: MMS-A/2018/12
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 23 ޑިސެންބަރު 2018 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ 30 ކޭވީއޭގެ ޔޫޕީއެސް ރީލޮކޭޓް ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް އަޅާދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

  ނަންބަރު:MMS-A/2018/12

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ 30 ކޭވީއޭގެ ޔޫޕީއެސް ރީލޮކޭޓް ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް އަޅާދޭނެ ފަރާތެއް ބޭނުންވެއްޖެ

 

މި ސަރވިސްގައި ޤާއިމުކުރެވިފައިވާ ޕަވަރ ބެކަޕް ސިސްޓަމްގައި ބޭނުންކުރާ 30 ކޭވީއޭގެ ޔޫޕީއެސް މިހާރު ހުރި ތަނުން އެހެންތަނަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް އެޅުމަށް އަމިއްލަ ތަކެތީގައި، 16 އެމްއެމް ގެ 4 ކޯ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް ގެންދާނެ ޑަކްޓު އެޅުމަށްޓަކައި، އެކަށީގެންވާ ތަޖުރިބާ ހުރި އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް 08 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރެވުނު އިޢުލާނު ނަންބަރު MMS-A/2018/11އާ ގުޅިގެން އެކަށިގެންވާ ބީލަމެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2018 ޑިސެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހުޅުލޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މި އިޢުލާނާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓު އެޓޭޗުކުރެވިފައި އެވަނީއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް[email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

 

18 ޑިސެމްބަރު 2018

18 ޑިސެންބަރު 2018