ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2018/1192
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 24 ޑިސެންބަރު 2018 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ރަޖިސްޓްރާރ ސެކްޝަން، ސިވިލް ކޯޓު/މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ) ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު،GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
  1. ކޯޓަށް ހުށަހެޅޭ ދަޢުވާ ފޯމުތައް ޗެކްކޮށް ކުރިން އެމައްސަލައާއި ގުޅުންހުރި މައްސަލަތަކަކީ ކޮބައިތޯ ހުށަހަޅާއިން ބަލައި ޗެކްކުރުން.
  2. މައްސަލަތަކަށް ދެވޭ ޖަވާބުތަކާއި، އިޞްލާޙުތައް ތައްޔާރުކުރުން.
  3. ރަޖިސްޓްރަރ ދެއްވާ ރިމާރކްސްއާއި، އިޞްލާޙުތަކާއި، ޖަވާބުތައް މައްސަލަ ހުށަހަޅާ ފަރާތްތަކަތަށް ފޯރުކޮށްދިނުން.
  4. ލިޔުމުން ދެވޭ ޖަވާބުތަކާއި، ލިޔުމުން އިޞްލާޙުކުރުމަށް އަންގާ މައްސަލަތައް ފައިލްކުރުން.
  5. އިޞްލާޙު ގެންނަޖެހޭ ފޯމުތައް، އިޞްލާޙު ގެނެއުމުން ރަޖިސްޓްރީކުރުން.
  6. ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ރަޖިސްޓްރީނުކުރެވޭ މައްސަލަތަކުގެ ސްޓޭޓަސް އެނގޭގޮތަށް އެކްސެލް ޝީޓެއް ބެލެހެއްޓުން.
  7. ކޮންމެ މަހެއްގައިވެސް ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ރަޖިސްޓްރީނުކުރެވޭ މައްސަލަތަކާއި އަދި ލިޔުމުން ޖަވާބުދެވޭ މައްސަލަތައް އެކްސެލް ޝީޓެއްގައި ބެލެހެއްޓުމާއި، ފައިލްކުރުން.
  8. ރަޖިސްޓްރަރ ސެކްޝަނާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

 

ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2018 ޑިސެމްބަރ 24 ވާ ހޯމަ ދުވަހުގެ 13:45ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

11 ރަބީޢުލްއާޚިރު 1440

18 ޑިސެމްބަރ 2018

18 ޑިސެންބަރު 2018