މަސައްކަތް
ނަންބަރު: (IUL)GS40/2018/29
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 27 ޑިސެންބަރު 2018 11:00
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

                  2019 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެކުރިން ތިރީގައި މިދަންނަވާ ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައިއެވެ.

  1. ސްކޫލުގެ ހޯލުގެ ކުލާސްރޫމްތައް ވަކިކުރުމަށް ޖަހާފައިވާ ޕާޓުޝަން މަރާމާތުކުރުމަށް
  2. ކްލާސްރޫމް ކުޑަދޮރުތައް މަރާމާތުކުރުން
  3. އޮފީސް އިމާރާތް މާރާމާތުކުރުން 
  4. ސްކޫލުގެ ވަށާފާރާއި، އޮފީސްތެރޭގެ ފާރުތަކާއި ސީލިންގުގައި ކުލަލުން

                މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  6660020 ނަންބަރު ފޯނާއެވެ.

#

 ތަފުސީލު

ތާރީޚު

ގަޑި

1

 މަޢުލޫމާތު ސާފުކުރުން

27 ޑިސެމްބަރ 2018 (ބުރާސްފަތި)

ހެނދުނު 11:00

2

 އަންދާސީ ހިސާބު ހުށަހެޅުން

10 ޖެނުއަރީ 2019 (ބުރާސްފަތި)

ހެނދުނު 11:00

18 ޑިސެމްބަރ 2018

18 ޑިސެންބަރު 2018