ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-90/PRIV/2018/23
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 26 ޑިސެންބަރު 2018 13:30
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ޢެޑްމިން އޮފިސަރ (ކޮންޓްރެކްޓް)

މަގާމް:              އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:              ޖީ.އެސް 3

ބޭނުންވާ ޢަދަދު:        01 (އެކެއް)

މަގާމުގެ ގިންތި:        ކޮންޓްރެކްޓް

މަގާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގުރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން: އެޗް.އާރު ސެކްޝަން / ނޮޅިވަރަމު ސްކޫލް

ވަޒީފާ އޮތް އޮފީސް:      ނޮޅިވަރަމު ސްކޫލް / ހދ.ނޮޅިވަރަން

މުސާރަ:             4465 ރުފިޔާ

ސަރވިސް އެލަވަންސް:    1500.00 ރުފިޔާ

އެހެނިހެން އިނާޔަތް:    އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު       ގަޑީގެފައިސާލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ފޯނު އެލަވަންސާއި ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.

 

  1. 1.      ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

-          ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ތައްޔާރުކުރުމާއި ،ފައިލްގައި ހުންނަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ފައިލްކުރުން.

-          ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          ޗުއްޓީއަށް އެދޭ މުވައްޒިފުންގެ ޗުއްޓީ ޗިޓް އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ޙަވާލުކުރުން.

-          ގަޑިޖެހިގެން ޙާޟިރުވާ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، ކޮންމެ މަހެއްގެ މުސާރަ ދިނުމުގެ ކުރިން ގަޑި ޖެހުނު މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން.

-          ކޮންމެ މަހެއްގެ 25 ގެ ނިޔަލަށް އިތުރުގަޑީ ރިޕޯރޓް ބަޖެޓް ސެކްޝަނަށް ހުށައެޅުން.

-          ސަލާމް ބުނި މުވައްޒަފުންގެ ތެރެއިން ސްޕަވައިޒަރު ސަލާމް ޤަބޫލު ކުރައްވާފައިވާ މުވައްޒަފުންގެ ޙާޟިރީގައި އެކަން ފާހަގަކުރުން.

-          ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން، ފާއިތުވީ މަހުގެ ޙާޟިރީ ރިޕޯރޓް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހެޅުން.

-          ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން ޗުއްޓީ ޗިޓް ދޫކުރުމުގެ އެންމެހައި މަސައްކަތްކުރުން. އަދި އެކަން ޔައުމިއްޔާ ލިޔުއްވާ ފަރާތަށް އެންގުން.

-          ފާއިތުވި މަހުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯރޑް ހިނގާ މަހުގެ 20 ގެ ކުރިން ފުރިހަމަކޮށް ނިންމުން.

-          ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނުނިކުންނަ މުވައްޒަފުންގެ މަޢްލޫމާތު އިސްވެރިޔާއަށާއި އިދާރީ ކަންތައްތައް ބެލުމާއި ޙަވާލުވެހުރި ވެރިޔާއަށް ހުށަހަޅަމުން ގެންދިއުން.

-          އެކި މަގާމުތަކަށް އިއުލާންކުރުމާއި، ވަޒީފާ ހަމަޖެއްސުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

-          ބިދޭސީ މުވައްޒަފުންގެ ދަތުރުތައް އިންތިޒާމުކުރުމާއި، ވިސާއާއިގުޅޭ މަސައްކަތްތައްކުރުން.

-          އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

  • ·         ގުޅޭ ވަޒީފާގެ ދާއިރާތައް:

ހިއުމަން ރިސޯސް

  • ·         ތަޢުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ޝަރުތުތައް:

 

 

 

  1. މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުންނާއި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

    

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

 

އިންޓަވިއު ކުރުން

ހ. މިމަޤާމަށް އިންޓަރވިއުކުރުން އޮންނާނީ 2018 ޑިސެމްބަރ 27 އާއި 30 އާ ދެމެދުގައި ނޮޅިވަރަމު ސްކޫލްގައެވެ. ވަޒީފާއަށް އެދިފައިވާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހދ.ނޮޅިވަރަމު ސްކޫލް އޮފީހަށެވެ.

-          ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ޑިސެމްބަރ 26 ވާ ބުދަ ދުވަހުގެ 13:30 އެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނޮޅިވަރަމު ސުކޫލްގެ ނަންބަރު 6520555 ފޯނަށް ގުޅުއްވުން އެދެމެވެ. 

18 ޑިސެންބަރު 2018