މަސައްކަތް
ނަންބަރު: (IUL)374-C/374/2018/139
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 27 ޑިސެންބަރު 2018 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ އިޖްތިމާޢީ ސަރަހައްދު ސާފުކުރުން

އިޢްލާނު   

2019  ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފްކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2019 ވަނައަހަރަށް ލިބޭ ފައިސާއިން، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝަޢުޤުވެރިވާ  ޢުމުރުން  18 އަހަރާ 65 އަހަރާއި ދެމެދުގެ އަންހެނުން " މިއިދާރާއިން ދޫކުރާ  2019 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފްކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2018 ޑިސެންބަރު 27 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 01:30 އަށެވެ.   

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    11 ރަބީޢުލްއާޚިރު 1440

18   ޑިސެންބަރު  2018

18 ޑިސެންބަރު 2018