ޢާންމު މަޢުލޫމާތު
ނަންބަރު: GS52/IUL/2018/45
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 26 ޑިސެންބަރު 2018 14:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ. ރެސިޑެންޝަލް ލަރނިންގސެންޓަރަށް މަސައްކަތު މީހަކު ބޭނުންވެއްޖެ

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

 

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އެންޕްލޮއިމަންޓް (02 ދޭއް) އަހަރު

މަޤާމުގެ ރޭންކް:

އެސް.އެސް. 01

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް ގްރޭޑް 01

ސެކްޝަން:

ލ. ރެސިޑެންޝަލް ލާރނިންގ ސެންޓަރ އާއި ބެހޭ ބައި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. ރެސިޑެންޝަލް ލާރނިންގ ސެންޓަރ އާއި ބެހޭ ބައި

މުސާރަ:

3100.00ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލެވަންސް:

1000.00ރ (އެއްހާސް ރުފިޔާ)

ސަޕޯރޓިންގ ކޯއެލެވަންސް:

1200.00ރ (އެއްހާސް ދުއިސައްތަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަނާލުގެ ގޯތިތެރެ ސާފްކޮށް ބެލެހެއްޓުން.
  2. ދަނާލުގެ ވަށައިގެންވާ މަގުތަށް ވިނަ ބޯވިއަނުދީ ސާފްކޮށް ބެލެހެއްޓުން.
  3. ހަމަދު ސްކޫލްގެ ބޭނުންތަކަށް ނެގިފައިވާ ދަނާލްގެ އެޕާރޓްމަންޓްތައް ސާފަކޮށް ބެލެހެއްޓުން.
  4. ދަނާލްގެ އެޕާރޓްމަންޓް ތައް އަލުން އެހެން ފަރާތަކަށް ދޫކުރާއިރު ސާފްކުރުމާއި ފަރނިޗަރ ބަދަލުކުރުމުގެ މަސަތްކަތް ދަނާލުގެ ކަންތައްތައް ބެލެހެއްޓުމާއި ޙަވާލުވެ ހުންނަ ފަރާތެއްގެ އިރުޝާދުގެ ދަށުން ކުރުން.
  5. ދަނާލުގެ އެޕާރޓްމަންޓްތަކުގެ ބޭރުގައި ހަރުކުރެވިފައިވާ ލައިޓްތަށް ދިއްލަން ކަނޑައެޅިފައިވާ ގަޑިތަކުގައި ދިއްލުމާއި ނިންވަން ކަނޑައެޅިފައިވާ ގަޑިތިކުގައި ނިއްވުން.
  6. ދަނާލް ސާފްކުރުމަށް ބޭނުންކުރާ އެންމެހާ ތަކެތި ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
  7. ދަނާލްގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުން އަދި ސްކޫލަށް ނެގިފައިވާ އެޕާރޓްމަންޓް ތަކުގައި އުފެދޭ ކުނިބުނީގެ ބާވަތްތައް ކަނޑައެޅިފައިވާ ސަރަހައްދަކަށް ޤަވާއިދުން އުކާލުން.
  8. ދަނާލުގައި ދިރިއުޅޭފަރާތްތްކުން ނުވަތަ އެނޫން ފަރާތަކުން ދަނާލްގެ ގަވައިދާ ހިލާފްވާ ކަމެއްކުރާކަން ފާހަގަވެއްޖެނަމަ ލަސްނުކޮށް ދަނާލްގެ އިސްވެރިޔާއަށް އެންގުން. 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ކޮންޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ހުރި ސިފަތައް. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސަރޓިފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯރމް. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެއިލް އިންވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޑިސެމްބރ 2018 އާއި            31 ޑިސެމްބަރ 2018   އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ.   

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަގާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (ވަޒީފާގެ ޝަރުތު ،ތައުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، ލިބިފައިވާ ހުނަރު ) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ އިންސައްތަ، %45 (ސާޅިސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

17 ޑިސެންބަރު 2018