ކުއްޔަށް ހިފުން
ނަންބަރު: (IUL)321/321/201/132
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 20 ޑިސެންބަރު 2018 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކުޑަކުދިންގެ ޕާރކްގެ ވޯރކްވޭ ވަކިކޮށް، ވޯރކްވޭވެ އަރިމަތީ ގައުޖަހާދިނުމާއިބެހޭ

ތުޅާދޫ ކުޑަކުދިންގެ ޕާރކްގެ ވޯރކްވޭ ގެ އިން ވަކިކޮށްދީ، ވޯރކްވޭގެ ދެފަރާތުގައި ވަށައިގެން އަރިމަތީގައި މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ގައު ޖަހާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރިން ނަންބަރު (IUL)321/321/2018/122  އިއުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނ ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާ ލަމެވެ.

  

ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ޑިސެމްބަރ 2018 (ބުރާސްފަތި)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

27 ޑިސެމްބަރ 2018 (ބުރާސްފަތި)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި " ތުޅާދޫ ކުޑަކުދިންގެ ޕާރކް ވޯރކްވޭ ރޭނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އއަންދާސީ ހިސާބު ހުށަހަޅަންވާނީ، އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓަރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2018