ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2018/61
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި:
19 ޑިސެންބަރު 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކިތުގައި ހިންގާ ޤުރުއާން ކުލާސް ތަކަށްވަނުމުގެ ފުރުސަތު ހުޅުވާލުން
އިޢުލާން
މިސްކިތުގައި ހިންގާ ޤުރުއާން ކުލާސް ތަކަށްވަނުމުގެ ފުރުސަތު ހުޅުވާލުން
ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާދިނުން ފެށުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކައުންސިލްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާގުޅިގެން މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތެކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މިކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.
އަކުރު ދަސްކޮށްދޭ ކުލާސް:
-
ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 20
-
ކުލާހުގެ ވަގުތު: 50މިނިޓް
-
ކުލާސް އޮންނަ ގަޑި: ހެނދުނު ދަންފަޅި: 09:00 ން 10:00 ހަވީރު ދަންފަޅި:16:30ން 17:30ށް
-
ކުލާސް އޮންނަ ދުވަސް: އާދިއްތަ – އަންގާރަ
ނޯޓް: މިކުލާހަށް ހޮވާނީ ބަލައިގެން އަކުރު ކިޔަން ނޭގޭ ތުއްތު ކުދިންނެވެ.
ޙިފްޡު ކުލާސް:
-
ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 20
-
ކުލާހުގެ ވަގުތު: 50މިނިޓް
-
ކުލާސް އޮންނަ ގަޑި: ހެނދުނު ދަންފަޅި: 09:00 ން 10:00 ހަވީރު ދަންފަޅި:16:30ން 17:30ށް
-
ކުލާސް އޮންނަ ދުވަސް: ހޯމަ – ބުދަ
ނޯޓް: މިކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.
ޚަތިމް ކުލާސް:
-
ކުލާހެއްގައި ތިބޭ ދަރިވަރުންގެ ޢަދަދު: 20
-
ކުލާހުގެ ވަގުތު: 50މިނިޓް
-
ކުލާސް އޮންނަ ގަޑި: ހެނދުނު ދަންފަޅި: 09:00 ން 10:00 ހަވީރު ދަންފަޅި:16:30ން 17:30ށް
-
ކުލާސް އޮންނަ ދުވަސް: ބުރާސްފަތި – ހޮނިހިރު
ނޯޓް: މިކުލާހަށް ހޮވާނީ ޤުރުއާން ބަލައިގެން ކިޔަވަން އެނގޭ ކުދިންނެވެ.
ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދޭ ފޯމު ފުރުމަށްފަހު 2018 ޑިސެންބަރު 19 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
10 ރަބީޢުލްއާޚިރު 1440
17 ޑިސެންބަރު 2018
17 ޑިސެންބަރު 2018