ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2018/57
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 27 ޑިސެންބަރު 2018 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރ އިން ހޯދުމާއި ގުޅޭ

                މިރަށުގައި ތިބެގެން އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ހެއްދުމުގެ އިންތިޒާމް ހަމަޖެއްސުމަށް، މިކައުންސިލުން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރއެއް ބޭނުންވެއެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ޝަރުތު:

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައިނުވުމާއި، ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދުތަކުގައި ކުރާ ކޮންމެ ޓެސްޓަކަށް -/15 ރުފިޔާ
  • އެހެނިހެން އުޅަނދުތަކުގައި ކުރާ ކޮންމެ ޓެސްޓަކަށް -/25 ރުފިޔާ

                ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއެކު، ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2018