ވަޒީފާގެ ފުރުޞަތު
ނަންބަރު: GS111/2018/22
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 30 ޑިސެންބަރު 2018 12:00
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯރޓްސް ސްޕަވައިޒަރ

އިޢުލާން

 

މަޤާމް:                                     ސްޕޯޓްސް ސްޕަވައިޒަރ

މަޤާމުގެ ނަންބަރު:                      -

ބޭނުންވާ އަދަދު:                         1

މަޤާމުގެ ގިންތި:                         ވަގުތީ

މަޤާމުގެ ރޭންކް:                         ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:            އޮފިސަރ ގްރޭޑް 1

ވަޒީފާއޮތް އޮފީސް:                       ހެނބަދޫ ސްކޫލް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :  އެކަޑަމިކް ސެކްޝަން، ހެނބަދޫ ސްކޫލް

މުސާރަ:                                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:                -/1500 ރުފިޔާ     

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ވެރިން އަންގަވާ މުއްދަތަކަށް ވެރިންގެ ލަފަޔާއި މޝްވަރާގެމަތިން ކުރިއަށް އޮންނަ އަހަރަށް ސްކޫލްގެ ކުޅިވަރު ކަލަންޑަރު ތައްޔާރުކުރުން.
  2. ސްކޫލްގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް އިންޓަރ ހައުސް އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް ރާވާ ހިންގުން.
  3. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ކުދިން ފަރިތަކުރުވާ އެ މުބާރާތްތަކަށް ކުދިން ހޮވުން. އަދި މިފަދަ މުބާރާތްތައް ހިގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައް ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.
  4. ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް ދަރިވަރުންނަށް ޕްރެކްޓިސް ކޮށްދިނުމާއި އެކުދިން ބެލެހެއްޓުން.
  5. ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބާއްވާ އެންމެހާ ބައްދަލުވުންތަކުގައި ސްކޫލްގެ ފަރާތުން ބައިވެރިވުން.
  6. ކުޅިވަރުގެ ހަރަކާތްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ނެގުމާއި އެތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  7. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 މަޤާމުގެޝަރުތުތައް:                    

 

  1. ކުޅިވަރުގެ ދާއިރާ/ ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ' ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއު

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

 

 

މަޤާމް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2018 ޑިސެމްބަރު 30  ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ހެނބަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

-   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާން މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަސްތެރޭގައެވެ.

 

ޝޯޓްލިސްޓް ކުރުން:

 މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  % 30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިސްކޫލްގެ ނަމްބަރު 6560571 ނުވަތަ 6561806 ފޯނާއެވެ.

 

މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް މާރކްސް ދޭނެގޮތް:

މަޤާމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކެއް ވާނަމަ މާރކްސް ދެއްވާނީ ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގެ އުޞޫލުގައިވާ ގޮތުގެމަތިން އެ އުޞޫލުގައިވާ ފޯމު ބޭނުންކޮށްގެންނެވެ.

16 ޑިސެންބަރު 2018