ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 141-YD/141/2018/293
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 22:17
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ހަފްތާ ރެސް"ގައި ބައިވެރިވުމަށް ޢާންމުކޮށް އިޢުލާން ކުރުން

އިޢުލާން

 

"ހަފްތާ ރެސް"ގައި ބައިވެރިވުމަށް ޢާންމުކޮށް އިޢުލާން ކުރުން

 

            ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅުއްވާފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމަށްޓަކައި ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ 49 ވަޢުދުގެ ތެރެއިން "ހަފްތާ ނިންމުމުގެ ގޮތުން ވީކް އެންޑް މަރކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގުރާމް" ގެ ވައުދު ފުއްދުމަށްޓަކައި،

މި މިނިސްޓްރީން އިންތިޒާމުކޮށްގެން ސިލްސިލާ ގޮތެއްގައި ކޮންމެ ހަފުތާބަންދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ހަފްތާ ރެސް" ގެ މާރކެޓް އަދި ޓެލެންޓް ޝޯވްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ޢާންމުކޮށް އިޢުލާން ކުރަމެވެ.

            މިގޮތުން "ހަފްތާ ރެސް"ގެ މާރކެޓްގައި ބައިވެރިވުމަށް ހުށަހަޅާނީ " ހަފްތާ ރެސް މަރކެޓް އެޕްލިކޭޝަން ފޯމް"އެވެ. އަދި "ހަފްތާ ރެސް"ގެ މިއުޒިކް އެންޑް ޓެލެންޓް ޝޯވްގައި ބައިވެރިވުމަށް ހުށަހަޅާނީ "ހަފްތާ ރެސް ޓެލެންޓް ޝޯވް އެޕްލިކޭޝަން ފޯމް" އެވެ. މިދެ އެޕްލިކޭޝަން ފޯމާއި "ހަފްތާ ރެސް"ގެ އުސޫލުތައް

މިއިޢުލާނާއި އެކު ގެޒެޓު ކުރީމެވެ. އަދި އެޕްލިކޭޝަން ފޯމާއި "ހަފްތާ ރެސް"ގެ އުސޫލުތައް މިނިސްޓްރީގެ ވެބްސައިޓް http://www.youth.gov.mv  އިންނާއި، މިނިސްޓްރީގެ ކައުންޓަރުގެ އިތުރުން މާފަންނު ޒުވާނުންގެ މަރުކަޒުން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓައި ދެންނެވީމެވެ.

 

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ތިރީގައި މިވާ އެޑްރެސް ތަކަށެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާ ތަން

އެޕްލިކޭޝަން ފޯމު ހުށަހަޅޭނެ ގަޑިތައް

[email protected]

) މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ރަސްމީ މެޢިލް )

 

 24 ގަޑިއިރު

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގެ ރިސެޕްޝަން

(ވެލާނާގެ، 3 ވަނަ ފަންގިފިލާ )

 

ހެނދުނު 08:00އިން މެންދުރު 14:00އަށް

މާފަންނު ޒުވާނުންގެ މަރުކަޒު

( ސޯޝަލް ސެންޓަރު )

 

ހެނދުނު 08:00އިން ރޭގަނޑު 23:00އަށް

 5 ރަބީޢުލްއާޚިރު 1440

13 ޑިސެންބަރު 2018