ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-PS/88/2018/53
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 16 ޑިސެންބަރު 2018 12:15
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް

29 ޑިސެންބަރު 2018 ގައި މިމިނިސްޓްރީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ގެސްޓް ހައުސް ސިމްޕޯސިއަމް" އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިމިނިސްޓްރީއިން އިންތިޒާމްކޮށްގެން 29 ޑިސެންބަރު 2018 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިމްޕޯސިއަމްގެ ސެޓްއަޕް ހަދާ، ކޭޓާ ކުރުމާއި ޙަފްލާގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ރާވާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 16 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހު 12:15 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

 06 ރަބީޢުލްއާޚިރް 1440

13 ޑިސެންބަރު 2018