މަސައްކަތް
ނަންބަރު: (IUL)GZS/2018/45
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 26 ޑިސެންބަރު 2018 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

2019 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެކުރިން ތިރީގައި މިދަންނަވާ ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައިއެވެ.

 

  1. ސްކޫލް ފުރާޅުގެ ދިޔަދޮވި ބަދަލު ކުރުމާއި އަސްކަނީގެ ސީލިންގ ބަދަލުކުރުން.
  2. ކްލާސްރޫމް ތަކުގެ ދޮރުފަތްތަކުގެ ތަޅު ބަދަލުކުރުން.
  3. ކަރުތުފަނި އަޅާފައިވާ ދޮރުތައް ބަދަލުކުރުން.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3350744 ނަންބަރު ފޯނާއެވެ.

#

 ތަފުސީލު

ތާރީޚު

ގަޑި

1

 މަޢުލޫމާތު ސާފުކުރުން

19 ޑިސެމްބަރ 2018 (ބުދަ)

ހެނދުނު 11:00

2

 އަންދާސީ ހިސާބު ހުށަހެޅުން

26 ޑިސެމްބަރ 2018 (ބުދަ)

ހެނދުނު 11:00

13 ޑިސެމްބަރ 2018

 

13 ޑިސެންބަރު 2018