ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2018/55
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 23 ޑިސެންބަރު 2018 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ނެޓްވަރކް އިންޖިނިއަރ

މަޤާމު:

ނެޓްވަރކް އިންޖިނިއަރ

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން/ޔުނިޓް:

ސިސްޓަމްސް މެނޭޖްމަންޓް

ޔުނިޓުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ނެޓްވަރކް،ސަރވަރ އަދި އައިސީޓީއާއި ގުޅޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203.25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

އިންފޮމޭޝަން ޓެކްނޮލޮޖީ، ނެޓްވަރކިންގ، އިންފޮމޭޝަން ސިސްޓަމްސް މެނޭޖްމަންޓް ނުވަތަ ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ ބޭނުންތަކަށް ސިވިލް ސަރވިސް މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުމާބެހޭ ޑޭޓާބޭސް ތަރައްޤީކުރުމާއި ބެލެހެއްޓުން.
  2. ސިވިލް ސަރވިސް މުވައްޒަފުންނާބެހޭ ތަފާސްހިސާބު ހޯދުމަށް ލިބޭ ރިކުއެސްޓް ތަކާއެއްގޮތަށް އެ މައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން.
  3. ސިވިލް ސަރވިސް ކޮމިޝަނަށް ބޭނުންވާ އެހެނިހެން އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ތައްޔާރުކުރުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިންޓްރާނެޓް ޑިވެލޮޕްކުރުމާއި މެއިންޓެއިންކުރުމާއި އިންޓްރާނެޓަށް މުވައްޒަފުން އަހުލުވެރިކުރުން.
  5. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ލޭއައުޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓުގެ ސެކިއުރިޓީ ބެލެހެއްޓުން.
  6. ކޮމްޕިއުޓަރ ސަރވަރތަކާއި ނެޓްވާރކް ޑިވައިސްތައް އިންސްޓޯލް ކުރުމާއި، މެއިންޓެއިން ކުރުމާއި މެނޭޖްކުރުން.
  7. ކޮމްޕިއުޓަރ ނެޓްވަރކް ޑިވައިސްތަކާއި ސަރވަރތައް ބޭނުންނުކުރެވޭ ވަގުތު މަދުކޮށް ރަނގަޅަށް ހިންގުން.
  8. ކޮމިޝަނުގެ އިދާރާގެ ކޮމްޕިއުޓަރ ނެޓްވަރކް ފެސިލިޓީސް (ހާޑްވެއަރ އަދި ސޮފްޓްވެއަރ ވެސް ހިމެނޭގޮތަށް) އަޕްގްރޭޑްކޮށް ބެލެހެއްޓުން.
  9. ކޮމިޝަނުގެ އިދާރާގެ އީމެއިލް އެކައުންޓުތައް ބެލެހެއްޓުން.
  10. ކޮމިޝަންގެ އިދާރާގެ ކޮމްޕިއުޓަރ ނެޓްވާރކް ސެކިއުރިޓީއަށް ދިމާވެދާނެ މައްސަލަތައް އެސެސްކުރުމާއި، އެފަދަ ކަންތައްތައް މަދުކުރުމަށް މަސައްކަތްކުރުން.
  11. ކޮމިޝަނުގެ އިދާރާގެ ކޮމްޕިއުޓަރތަކާއި އެހެން ޑިވައިސްތަކަށް ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް ބޭނުންވާނޭ ޕެޗްތައް އިންސްޓޯލްކުރުން.
  12. ކޮމިޝަނުގެ އިދާރާގެ ނެޓްވާރކްގެ ބެކްއަޕް މެކޭނިޒަމެއް ސެޓަޕްކޮށް، ކޮންފިގަރކޮށް މެނޭޖްކޮށް ބެލެހެއްޓުން. އަދި މުހިންމު މަޢުލޫމާތުތައް ރެގިއުލަރކޮށް ބެކްއަޕް ޑިވައިސްތަކަށް ބެކްއަޕްކުރުން.
  13. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ކޮމްޕިއުޓަރ ހާޑްވެއަރއާއި ޕެރިފެރަލްސް އަޕްގްރޭޑް ކުރުމާއި، ރިޕެއަރކުރުމާއި މެއިންޓެއިންކުރުން ނުވަތަ ރެކޮމެންޑް ކުރުން.
  14. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް އަޕްގްރޭޑްކުރުން.
  15. ކޮމިޝަނުގެ އިދާރާއަށް ގަނެވޭ ހާޑްވެއަރއާއި ސޮފްޓްވެއަރ ރެކޮމެންޑްކުރުމާއި އެޕްރޫވްކުރުން.
  16. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރޮގްރާމްތައް ރާވައި ހިންގުން.
  17. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރަމުންދާ އެޗް.އާރު ސިސްޓަމުގެ ޑިވައިސްތަކާއި، ސިސްޓަމަށް ދިމާވާ ޓެކްނިކަލް މަސައްކަތްތައް ކުރުމާއެކު، އެ މަޢުލޫމާތުތަކުގެ ބެކްއަޕް ބެލެހެއްޓުން.
  18. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރެވޭ އީމެއިލް ސިސްޓަމް މެނޭޖްކުރުން.
  19. ކޮމިޝަނުގެ އިދާރާގެ ނެޓްވޯކުތައް އެޑްމިނިސްޓަރ ކުރުން އަދި ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  20. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  21. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސާރވާތައް ކޮންފިގަރކޮށް މެންޓަނަންސް މަސައްކަތްކުރުން، އަޕްޑޭޓް ކުރުން އަދި ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  22. ކޮމިޝަނުގެ އިދާރާގެ ތެރޭގައި ބޭނުންކުރެވޭ އައި.ޓީ އާއި ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުން އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  23. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޕްރޮގްރާމްތައް މެނޭޖްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  24. ކޮމިޝަނުގެ ފޯނުތަކާއި އެކްސްޓެންޝަންތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  25. އައު ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި ނެޓްވޯކާ ގުޅާލުން.
  26. ކޮމިޝަނުގެ އިދާރާގެ އިންޓަނެޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  27. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑީސެންޓްރަލައިޒް ކުރުމުގެ މަސައްކަތް ކުރުން.
  28. ކޮމިޝަނުގެ އިދާރާގެ ވެބްސައިޓް، އެންޓިވައިރަސް އަދި އިންޓްރާނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  29. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  30. ސިސްޓަމްސް މެނޭޖްމަންޓް ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  31. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން.
  32. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

23 ޑިސެންބަރު 2018 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހެންވޭރު، މަޖީދީ މަގު،މާލެ 20040)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
  • އެޕްޓިޓުއުޑް ޓެސްޓް (ކަނޑައެޅިފައިވާ އިން ސައްތަ: 10)
  • ޕްރެކްޓިކަލްސް (ކަނޑައެޅިފައިވާ އިން ސައްތަ: 10)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: 35)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2018 ޑިސެންބަރު 24 އާއި 2019 ޖެނުއަރީ 07 އާ  ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހެންވޭރު، މަޖީދީ މަގު،މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 3307306 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

06 ރަބީޢުލްއާޚިރް 1440ހ

13 ޑިސެންބަރު 2018މ

13 ޑިސެންބަރު 2018