ވަޒީފާގެ ފުރުޞަތު
ނަންބަރު: JS-A/2018/54
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 24 ޑިސެންބަރު 2018 14:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ޖަމާލުއްދީން ސްކޫލް

މާލެ،ދިވެހިރާއްޖެ

ތާރީޚް: 13 ޑިސެމްބަރ 2018

                                   ނަމްބަރު:  JS-A/2018/54          

[ވަޒީފާގެ ފުރުޞަތު

 

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ -  ކޮންޓްރެކްޓް

މަޤާމުގެ ނަންބަރ

-

ބޭނުންވާ އަދަދު

02 

މަޤާމުގެ ގިންތި

ވަގުތީ ( ކޮންޓްރެކްޓް)   

މަޤާމުގެ ރޭންކް

ޖީއެސް 4   

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2      

ސެކްޝަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމު އޮތް އޮފީސް

ޖަމާލުއްދީން ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޖަމާލުއްދީން ސްކޫލް / ކ. މާލެ

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތް ތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް  

-          ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި، ސްކޫލަށް ހޯދާ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަން ޖެހޭތަކެތި ސްޓޮކަށް ވެއްދުމާއި، ސްޓޮކް ބާކީ ފޮތް ޤަވާޢިދުން ބެލެހެއްޓުން. އަދި ސްޓޮކަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ލަސްނުކޮށް ކުރުން.

-          ސްކޫލުން ބަލައިގަންނަ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއަށް ފޮނުވުމަށްޓަކައި ޑޮކިއުމެންޓްތައް ފުރިހަމަކޮށް ތައްޔާރުކުރުން.

-          ބިޑް ކޮމިޓީން ނިންމާ ނިންމުންތައް އެޑްމިނިސްޓްރޭޓަރއާއި ޙަވާލުކުރުމަށްފަހު ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކުރުން.

-          ކޮންމެ އަހަރަކަށް ހޯދަން ޖެހޭ ލިޔެކިޔުމުގެ ތަކެއްޗާއި ދަރިވަރުންނަށް ބޭނުންވާ ތަރި، ބެޖް، ޓައި، ހަދިޔާ އަދި ޝޭޝް ފަދަ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

-          ސްކޫލަށް ހޯދާ ކޮންމެ މުދަލަކާއި ޚިދުމަތެއްވެސް ފުރިހަމައަށް ލިބުމުން އެއެއްޗެއް އެދުނު ފަރާތާއި ޙަވާލުކޮށް އެދޭ ފޯމްގައި ސޮއި ކުރުވުން.

-          ސްކޫލަށް ހޯދަން ބޭނުންވާ ތަކެތީގެ ސްލިޕްތައް ފުރިހަމަ ކުރުމަށްފަހު އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ތަކެތި ހޯދުމުގެ މަސައްކަތްކުރުން.

-          ކޮންމެ އަހަރަކަށް ހޯދަން ޖެހޭ ލިޔެކިޔުމުގެ ތަކެއްޗާއި ދަރިވަރުންނަށް ބޭނުންވާ ތަރި، ބެޖް، ޓައި، ހަދިޔާ އަދި ޝޭޝް ފަދަ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

-          ޓައިޕްކުރަންޖެހޭ ސިޓީ، ނޯޓްފަދަ ތަކެތި ޓައިޕް ކުރުމާއި ވެރިން އަންގާ ގޮތެއްގެ މަތިން އެތަކެތި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

-          ސްކޫލް ރިސެޕްޝަންގެ ޑިއުޓީ އަދާ ކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީ އަދާކުރުން. އަދި ރިސެޕްޝަނަށް އެކިއެކި ފަރާތްތަކުން ހަވާލުކުރާ ތަކެތި ބަލައިގަތުމާއިއެކު، ދަރިވަރުންނާއި ގުޅުންހުރި ތަކެތި ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ލަސްނުކޮށް ކުރުން.

-          ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓްފޮތް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ހޯދުމާއި ދަރިވަރުންނަށް ފޮތް ދޫކުރާނެ އިންތިޒާމް ހަމަޖައްސާ ދަރިވަރުންނަށް ފޮތްތައް ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން. 

-          ލީޑިން ޓީޗަރު ހަވާލުކުރައްވާ މަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތައް ޓައިޕްކުރުމާއި ލީޑިންގ ޓީޗަރަށް އެހީތެރިވެ ދެއްވުން. އެކިއެކި ކަންކަމުގައި ދަރިވަރުންނަށް ދެވޭ ސްލިޕްތައް ލީޑިންގ ޓީޗަރގެ ލަފާގެ މަތިން ޓައިޕްކޮށް ޗެކްކުރުމަށްފަހު ޗާޕްކުރުމަށް ހަވާލުކުރުން. އަދި ދަރިވަރުންނަށް ދެވޭ ޓެސްޓް ތަކާއި އެސެސްމަންޓް ތައް ޗާޕްކުރުމުން ޕޭޕަރުތައް އަޅައި ހީރަސްޖަހާ ގްރޭޑް ތަކަށް ފޮނުވުމަށް ތައްޔާރު ކުރުން. އަދި ސްލިޕްތައް ދަރިވަރުންނަށް ހަވާލުކުރުމަށް ފޮނުވިއްޖެތޯ ޔަގީންކުރުން.

-          ޓީޗަރުންނަށް ހަވާލުކުރަންޖެހޭ ލިޔެކިޔުމާއިބެހޭ ތަކެތި ޓީޗަރުންނަށް ދޫކުރުމާއި، އަހަރު ނިމުމުން ޓީޗަރުންގެ ޓެކްސްޓްފޮތްތަކާއި ހަވާލުވުމާއި، އަދި ދިރާސީ އަހަރު ފެށެންވާއިރަށް ޓީޗަރުންގެ ޓެކްސްޓް ފޮތްތަކާއި، ސްޓޭޝަނަރީ ހޯދާ ތައްޔާރުކޮށް ޓީޗަރުންނާއި ހަވާލުކުރުން.

-          އެކިއެކި ކަންކަމުގައި ސްކޫލަށް ވަޑައިގަންނަވާ ބެލެނިވެރިންނަށާއި ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ދޭންޖެހޭ ޚިދުމަތް ވީ އެންމެ އަވަހަށް ދިނުމަށް މަސައްކަތް ކުރުން.

-          ސްކޫލަށް ނަގާއެކިއެކި ފަންކްޝަންތަކާބެހޭ ފޮޓޯތައް ފައިލްކޮށް ބެލެހެއްޓުން. އަދި އެކިއެކި މުބާރާތް ތަކުގައި ސްކޫލަށް ލިބޭ ސެޓްފިކެޓްފަދަ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

-          ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.

 

 

 

މަޤާމުގެ ޝަރުތުތައް

 

 

- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތު  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

 

-          މަތީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

-          ބިޒިނަސް މެނޭޖްމަންޓް / ބިޒިނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭތަކެތި: 

1-            ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-             ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 -      ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަޑައަޅާފައިވާ ރާއްޖޭން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ  ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވީމާމިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރ 2018  ވާ ހޯމަ ދުވަހު ގެ 14:00ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ­  [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ޑިސެމްބަރ  25 ން 31 އާއި ދެމެދު ގެ ތާރީޚެއްގައި ޖަމާލުއްދީން ސްކޫލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޞިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

    މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3011773 ނަމްބަރު ފޯނާއެވެ. އީމޭއިލް ކުރާނީ [email protected]   އަށެވެ.

07 ރަބީޢުލްއާޙިރާ 1440

13 ޑިސެމްބަރ 2018

13 ޑިސެންބަރު 2018