މަސައްކަތް
ނަންބަރު: (IUL)GS-183-ADMIN/INDIV/2018/1001
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 24 ޑިސެންބަރު 2018 13:00
ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިޢުލާންވަނީ 25 ޑިސެންބަރު 2018 13:50 ގައި ބާތިލް ކުރެވިފައެވެ.


                    

                              ބީލަން ހުށައެޅުމުގެ ދަޢުވަތު

                                            

                  2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ ތިރީގައި މިދަންނަވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

                  ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެމްބަރ 2018 ވާ ހޯމަ  ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ސްކޫލްގެ ކަރަންޓް ވިއުގަ ރަނގަޅުކުރުން

ދަރިވަރުންގެ ފާހާނާތައް މަރާމާތުކުރުންސްކޫލްގެ

 ވަށާފާރު ކުލަލުން

 

                  މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށް ވެސް 1 ފަރާތެއްގެ ނަމުގައެވެ.  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑް ގެންނެވުން އެދެމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށް ވެސް ދެންނެވީމެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                              13 ޑިސެމްބަރ 2018

                               06 D 1440       

                                              

                                          

                                              މުޙައްމަދު އިބުރާޙިމް

                                           ސްކޫލް އެޑްމިނިސްޓްރޭޓަރ

 

                                               

13 ޑިސެންބަރު 2018