ދިވެހިރާއްޖެ
އއ. އުކުޅަހު ޞިއްޙީމަރުކަޒު
އއ.އުކުޅަސް/ދިވެހިރާއްޖެ
ނަންބަރ: U-4SM/IU/2018/05
މިޞިއްޙީމަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިޞިއްޙީމަރުކަޒުގެ ބޮޑުދޮރުތަކާއި ދޮރުފަތްތައް، ނަލަފިލާ އަދި ދިޔަދޮވި މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މިމަސައްކަތަށް އެދި ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު 18/2004 ގެދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިޞިއްޙީމަރުކަޒަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
19 ޑިސެމްބަރ 2018 ވާ ބުދަދުވަހުގެ 13:00 ގައި |
އަންދާސީ ހިސާބު ހުށައެޅުއްވުމާއި ކެނޑުން |
27 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް ޞިއްޙީމަރުކަޒަށް ސިޓީންކުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑާއިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ 6660859 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
12 ރަބީޢުލްއާޚިރު 1440
17 ސެޕްޓެމްބަރ 2018