ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2018/29
އިޢުލާން
2019 ވަނަ އަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
03 ޑިސެމްބަރ 2018 ގައި މިސްކޫލުން ކުރި ނަންބަރ GS-189/IUL/2018/26 އިޢުލާނާއި ގުޅިގެން 3 ފަރާތުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 17 އަދި 18 ވަނަ ދުވަހު 11:00 އިން 13:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ދޫކުރެވޭނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ރަޖިސްޓްރީގެ ކޮޕީ އަކާއި އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ޙާޟިރުވާ ފަރާތުގެވެސް އައިޑީކާޑް ގެންނަންވާނެއެވެ.
ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 26 ވަނަ ދުވަހު 11:00 ގައެވެ.
އިތުރު މަޢުލޫމާތު 6800549 އަދި 9633336 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected] އެވެ.
06 ރަބީއުލްއާޚިރު 1440 ހ
13 ޑިސެމްބަރ 2018 މ