ކުއްޔަށް ހިފުން
ނަންބަރު: GS197/IUL/2018/22
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 23 ޑިސެންބަރު 2018 13:00
ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ މިސުކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

 

                                                                ނަންބަރު: GS197/IUL/2018/022    

 

އިޢުލާން

މިސުކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

    މިސުކޫލުގެ ޕްރިންސިޕަލް އާއި ޕްރިންސިޕަލްގެ އާއިލާ ދިރިއުޅުއްވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވާތީ، ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 23 ޑިސެންބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:30 އަށް މިސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

  1. 2 ކޮޓަރި (އެޓޭޗް ފާޚާނާއެކު)، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތައް ހުރި ގެއެއް ކަމުގައިވުން.
  2. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  3. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
  4. ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
  5. ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.

މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

ކުލީގެ މިންވަރާއި، ކަރަންޓްފީ ދައްކާ ގޮތާއި، ގެއާއި ސުކޫލާއި ހުރި ދުރުމިނާއި، ގޭގައި ދިރިއުޅޭ މީހުންނަށް ގޭގެ ވެރިފަރާތުން ކައްކައި ދިނުމަށް ކަނޑައަޅާގޮތާއި، ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތާއި އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި ސެކިއުރިޓީ ބެލެހެއްޓުން އަދި ބޯފެނުގެ އިންތިޒާމް.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                                13 ޑިސެންބަރ 2018

 06  ރަބީއުލްއާޚިރު 1440

13 ޑިސެންބަރު 2018