ނީލަން
ނަންބަރު: (IUL)355-CA/INDIV/2018/44
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 20 ޑިސެންބަރު 2018 13:30
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ކައުންސިލުގެ ފަރާތުން ހިންގާ އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި އުފެދޭ އަލުން ބޭނުންކުރެވޭ ތަކެތި ގަންނާނެ ފަރާތެއް ހޯދުން.

މި އިޢުލާންވަނީ 12 ޑިސެންބަރު 2018 14:08 ގައި ބާތިލް ކުރެވިފައެވެ.


ފެންފުށީ ކައުންސިލުގެ ފަރާތުން ހިންގާ އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި އުފެދޭ އަލުން ބޭނުންކުރެވޭ ތަކެތި ގަންނާނެ ފަރާތެއް ހޯދުން.

މިކައުންސިލްގެ ފަރާތުން، ހިންގަމުންދާ "އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރ" އަށް ގެނެވޭ ކުނީގެ ބާވަތްތަކުގެ ތެރެއިން އަލުން ބޭނުންކުރެވޭ (ރިސައިކަލް) ތަކެތި ގަންނާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ދަގަނޑު ދަޅު، ފުޅި
  • އެލްމެނިއަމް ދަޅު، ފުޅި
  • ޕްލާސްޓިކް ފުޅި (ޕެކް ބޮޓުލް)
  • ދަގަނޑު
  • ޓިނު
  • ޕްލާސްޓިކްގެ ބާވަތްތައް

އިވެލުއޭޝަން ކްރައިޓީރިއާ:

  • އެންމެމަތީ އަގު ހުށައަޅާ ފަރާތަކަށް %80 މާކްސް
  • އުފުލުމުގެ ހަރަދު ދޭނަމަ މާކްސް
  • މިތަކެތި ބަންދުކުރާ ސާމާނު ފޯރުކޮށް ދޭނަމަ މާކްސް

ނޯޓް: އަގު ހުށަހަޅުއްވާނީ މިތަކެތިން ކިލޯއަކަށް ޖެހޭވަރުންނެވެ.

      އިތުރުމައުލޫމާތު ހޯއްދެވުމަށް 7798323 ގުޅުއްވާ ނުވަތަ ކައުންސިލްގެ އީމެއިލަށް މޭލްކުރައްވާ.

މިތަކެތި ބައްލަވައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެންބަރ 2018ވާ ބުރާސްފަތި ދުވަހު 13:30ގެ ކުރިން ފެންފުށީ ކައުންސިލްގެ އީމެއިލް: [email protected]  ނުވަތަ ފެކްސް 6680889 މެދުވެރިކޮށް ނުވަތަ ފެންފުށީ ކައުންސިލްގެ އިދާރާ ކައުންޓަރަށް ޕްރޮޕޯސަލް ހުށައެޅުމަށް ދައުވަތުއަރުވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

             03 ރަބީޢުލްއާޙިރު 1440

             11 ޑިސެންބަރ 2018 

12 ޑިސެންބަރު 2018